ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ މަޖިލިސް މެންބަރުންތަކެއް މިއަދު ބޭއްވި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކުރިއަށް ދިޔައިރު ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރި އެވެ.
ޕްރައިމަރީ 73 ދާއިރާއެއްގައި ކުރިއަށް ދިޔައިރު މި ޕްރައިމަރީގައި ޖުމްލަ 277 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މިޕްރައިމަރީގައި 71،597 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނެވެ.
ޕްރައިމަރީއަށްފަހު ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވި ބޭފުޅުން:
- ދިއްގަރު ދާއިރާ - އަހުމަދު ނާޒިމް [ޕީއެންސީީ]
- ވިލިމާލެ - މުހައްމަދު އިސްމާއިލް [ޕީޕީއެމް]
- ދުވާފަރު ދާއިރާ - މުހައްމަދު އަލީ [ޕީޕީއެމް]
- މާފަންނު މެދު - އަސްމާ ރަޝީދު [ޕީޕީއެމް]
- ތިނަދޫ އުތުރު - ސައުދުﷲ ހިލްމީ
- ދިއްދޫ ދާއިރާ - އަބްދުއްލަތީފް މުހައްމަދު [ޕީޕީއެމް]
- އިނގުރައިދޫ ދާއިރާ - މުހައްމަދު ފަލާހު [ޕީޕީއެމް]
- މާފަންނު ދެކުނު - އަބްދުﷲ ރިފާއު [ޕީޕީއެމް]
- ފޭދޫ ދެކުނު ދާއިރާ - އިބްރާހިމް ދީދީ [ޕީޕީއެމް]
- ތުލުސްދޫ ދާއިރާ - އަހްމަދު ނަސީމް [ޕީއެންސީ]
- މިލަންދޫ ދާއިރާ - ހަސަން މުފީދު [ޕީޕީއެމް]
- ހުރާ ދާއިރާ - އަބްދުﷲ ވާރިޝް
- ހެންވޭރު ދެކުނު ދާއިރާ - ހުސައިން އިމްރާން ލަތީފް
- ކަނޑިތީމު ދާއިރާ - ނަސްރުﷲ
- ދާންދޫ ދާއިރާ - މުހައްމަދު ފަޒީލް
- މެދުހެންވޭރު ދާއިރާ - ހަސަން ރަމީޒް
- އިހަވަންދޫ ދާއިރާ - އަހްމަދު ނަސީރު
- ފަރެސްމާތޮޑާ ދާއިރާ - އަޝްރަފް ރަޝީދު
- ވެލިދޫ ދާއިރާ - މުހައްމަދު ނަވީޒު [ޕީއެންސީ]
- ކުރެންދޫ ދާއިރާ: އާދަމް ތައުފީގު
- މަޑުއްވަރީ ދާއިރާ - އަހުމަދު ޒާހިރު [ޕީއެންސީ]
- ތުޅާދޫ ދާއިރާ - ހަސަން ނިޒާމު
- ކެލާ ދާއިރާ: އަބްދުﷲ ޝަރީފް ]ޕީއެންސީ]
- ފުވައްމުލަކު މެދު - އަލީ ފަޒާދު [ޕީޕީއެމް]
- ކެޔޮދޫ ދާއިރާ - އަބްދުﷲ ރައޫފް އިބްރާހީމް [ޕީއެންސީ]
- ފުވައްމަލަކު އުތުރު - ހަމަދު އަބްދުﷲ
- ކިނބިދޫ ދާއިރާ - އަލީ އަޝްރަގު
- ހިތަދޫ ދެކުނު ދާއިރާ - މުހައްމަދު ޝިޔާމް
- ފުވައްމުލަކު ދެކުނު - އިބްރާހިމް ހުސައިން
- ފުނަދޫ ދާއިރާ - މުހައްމަދު މަމްދޫހް
- ހުޅުމާލެ ދެކުނު ދާއިރާ - ޝަނީޒް ހާޝިމް
- ހެންވޭރު އުތުރު - އަހުމަދު އައިފާން [ޕީޕީއެމް]
- މުލަކު ދާއިރާ - އިބްރާހީމް ނައުފަލް
- މައްޗަންގޯޅި އުތުރު ދާއިރާ - އިބްރާހިމް މުހައްމަދު [ޕީއެންސީ]
- ތިނަދޫ ދެކުނު ދާއިރާ - އަބްދުﷲ ޝަރީފް
- އައްޑޫ މީދޫ ދާއިރާ - އިޔާޒު ޖާދުﷲ ނަސީމު [ޕީއެންސީ]
- ކުޅުދުއްފުށި އުތުރު ދާއިރާ - މުހައްމަދު ދާއޫދު
- ހުޅުމާލެ އުތުރު ދާއިރާ - ހުސައިން ޝަރީފް
- ވިލިނގިލި ދާއިރާ - ޔަޒްމީދު މުހައްމަދު
- ކުޑަހުވަދޫ ދާއިރާ - ހުސައިން ހަމީދު
- މަޑަވެލި ދާއިރާ - މުހައްމަދު ޝަމީޒް
- މާފުށި ދާއިރާ - ހުސައިން ރިޒާ
- މައްޗަށް ގޮޅި މެދު ދާއިރާ - މުހައްމަދު އަބްދުލްގާދިރު
- ގަމު ދާއިރާ - ޔޫސުފް ނަޝީދު
- ފެލިދޫ ދާއިރާ - އާދަމް ޒާހިރު
ޕީޕީއެމް ޕީއެންސީ އިން ކުރިން ވަނީ އެއް ބޭފުޅަކު ކުރިމަތިލި ބައެއް ދާއިރާތަކުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ކަށަވަރުވި ބޭފުޅުންނަށް ޓިކެޓް ލިބުނުކަން އަންގާފަ އެވެ.
ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެމަނިކުފާނު އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 62 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ މިއަހަރުގެ މާޗް 17 ވަނަ ދުވަހު އެވެ.