ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ޕީޕީއެމް ޕީއެންސީ ޓިކެޓް ރެޑްވޭވް ސަލީމާއި ދަރިފުޅަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އޭނާގެ ދަރިފުޅު އިބްރާހީމް ނައުފަލަށް ލިބިވަޑައިގެންފި އެވެ.

ސަލީމްއަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީގައި ސަލީމްއާ އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުންނެވެ.

އޭނާގެ ދަރިފުޅު ނައުފަލަށް މުލަކު ދާއިރާގެ ޓިކެޓް ލިބިވަޑައިގަތީ އިއްޔެ ބޭއްވި ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވައިގެންނެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ސަލީމް މެދުނުކެނޑި އޭދަފުށި ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރުވެއްޖެ އެވެ.

ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ޕީއެންސީގެ 13 ބޭފުޅަކަކަށް ޓިކެޓް ލިބިވަޑައިގެންނެވި އެވެ. މީގެ އިތުރުން އިއްޔެ ވަނީ 73 ދާއިރާއެއްގެ ޕްރައިމަރީ ކުރިއަށް ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.