އަދާލަތު ޕާޓީ

ޝައިހް އިމްރާން މަކުނުދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަކުނުދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

އިމްރާނަށް އަދާލަތު ޕާޓީގެ ޓިކެޓް ލިބުނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނެގުނު ވޯޓެއް ކާމިޔާބު ކުރައްވައިގެން ކަމަށް އެނގިފައިވެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން ވަނީ ހަތަރު ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމަށް ނިންމާފަ އެވެ.

އަދާލަތު ޕާޓީން ވާދަކުރާ ދާއިރާތައް

  • ޝައިހް އިމްރާން އަބްދުﷲ - މަކުނުދޫ ދާއިރާ
  • ހުސައިން ސަގީފް - ވައިކަރަދޫ ދާއިރާ
  • އިސްމާއީލް ހަމީދު - ފުނަދޫ ދާއިރާ
  • އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ

އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވަނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ފެލިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފަ އެވެ. ނަމަވެސް އޭނާ ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އަދާލަތު ޕާޓީގެ އެެއްވެސް މެންބަރަކު ނުހިމެނެ އެވެ.