( 23 ޖަނަވަރީ 2024 އާ ގުޅޭ )
"ސްޓޮޕް ޓީސިންގް މީ." ވެރިކޮށްލި ހިނިތުންވުމަކާއެކު އިޒީކިއަލް ބުނެލި އެވެ. އެހިނދު މިޔާގެ ތުންފަތް ވެސް ދެމިލައިފި އެވެ. އިޒީކިއަލް އޭނާއަށް ބޭނުންވެފައިވާވަރު ފޮރުވަން މަސައްކަތެއް ނުކުރެ އެވެ. ފިރިމީހާގެ އެ ސިފަ މިޔާގެ ހިތުގައި މީގެ ކުރީން މީހަކަށް އަތްނުލެވިވާ އިޙްސާސްތައް ހޭލައްވަމުން ދިޔަ އެވެ. އަތް ފޯރާ ހިސާބަށް މިޔާ އައުމާއެކު އޭނާގެ އަތުގައި ހިފައި އިޒީކިއަލްއާ ގާތަށް ދަމައިގެންފި އެވެ. ޖަޒުބާތުތައް އުތުރި އަރައިގަތް ފަދައަކުން އިޒީކިއަލްގެ ދެ އަތުގެ ތެރޭ މިޔާ ފިއްތާލުމާއެކު ކޮނޑުގައި ދަތްއަޅާލި އެވެ.
ކޮނޑަށް އިޒީކިއަލްގެ ދަތްތައް ވަދެގެން ދިޔަ ހިނދު ތަދުގެ އިޙްސާސް މިޔާއަށް ކުރެވުނެވެ. އެހެންނަމަވެސް އެ ތަދުން މިޔާގެ ހަށިގަނޑުގައި އުފެދުނީ މީގެ ކުރީން ތަޖުރިބާ ކުރެވިފައިނުވާ ފަދަ އޮއެވަރެއްގެ އަސަރެވެ. ބޭއިޚްތިޔާރުގައި މިޔާއަށް ވެސް ވަކިން ބޮޑަށް އިޒީކިއަލް ގާތްކޮށްލެވިއްޖެ އެވެ.
އަނބިމީހާ އުރާލުމާއެކު އެނދުމައްޗަށް އެއްލާލި އެވެ. ސިހުމުގެ އަޑެއް މިޔާގެ ދެ ތުންފަތުން ބޭރުވެލި އެވެ. އުއްޑުން އެނދުމައްޗަށް ޖެހުނު ގޮތަށް ގޮދަޑީގެ މަޑުކަމުން މިޔާގެ ހަށިގަނޑު "ބައުންސް" ވެލި އެވެ. އެނދު އަރިމަތީގައި އިޒީކިއަލް މަޑުކޮށްލައިގެން ހުރެ ހަށިގަނޑުން ގަމީސް ވަކިކޮށްލި އެވެ. އުނަގަނޑާ ދިމާއިން ދެ އަތުން ފަޓުލޫނުގެ ކަމަރުގައި ހިފައި ތިރިއަށް ޖައްސާލި އެވެ. ވަކި ހިސާބަކުން ފަޓުލޫނު އޭގެ އަމިއްލަ ޒާތުގައި ދޫވެގެން ތިރިއަށް ފޭބި އެވެ. އިޒީކިއަލް ލައިގެން ހުރި ކަޅުކުލައިގެ ބޮކްސާ ފާޅުވެލި މިޔާ ދެ ލޯ މަރާ ބާރުކޮށްލައިފި އެވެ. އެ ހުރިހާ އިރު އިޒީކިއަލްގެ މަސްތުން ފުރިފައިވާ ދަހިވެތި ނަޒަރު ވަނީ މިޔާއަށް ހުއްޓިފަ އެވެ. އަނބިމީހާގެ މައުސޫމް ހަރަކާތްތަކުން ލާނެތް ހިނިތުންވުމެއް އިޒީކިއަލްގެ ތުންފަތުގައި ދުވެލި އެވެ.
ކޮޓަރި ތެރެއަށް ވެރިފައި އޮތް ހިމޭންކަން ނެތިގެންދާން ގިނައިރެއް ނުނެގި އެވެ. ދެމަފިރިންގެ ފުންވެފައިވާ ނޭވާތަކާއި ދެ ހަށިގަނޑުގައި ހިއްލާލާފައިވާ ދާތިތިކި ތަކުން ފިނިކޮޓަރި އުދާސްވެފައިވާ ކަހަލަ އެވެ. ލޯބީގެ އިންތިހާގައި ޖެހި ފޯރިގަދަވެގެންދާ ހިނދުކޮޅުތަކުގައި މިޔާގެ ހަށިގަނޑުގެ އެތަން މިތަނުގައި އިޒީކިއަލް ދަތްއަޅަ އެވެ. އަނެއްބައިފަހަރަށް މިޔާގެ ފަލަމަސްގަނޑު ނޫނީ ބުޑުމަތީ އަތްތިލައިގެ ހޫނުކަން އިޙްސާސްވާ ވަރަށް ޖަހާފާނެ އެވެ. މިޔާގެ ދޮން ހަށިގަނޑުގެ އެކި ދިމާއިން ރަތްވަމުން އައެވެ. އިޒީކިއަލްގެ އަތުގެ ނިޝާންތަކުންނާއި މަސްތުވެގެން ގޮސް ލޯބީގެ ބޮސްދިނުންތަކުން ލައްވަމުންދިޔަ ނިޝާންތަކެވެ.
"އައިމް ޑަޔަޑް." މާނޭވާ ލަމުންދިޔަ މިޔާއަށް ވައި އަޑުން ބުނެލެވުނެވެ.
"ރެސްޓް އަޕް." އެނދުގައި މިޔާ ބާއްވާލަމުން ފަހަތުން މިޔާއާ ގާތްވެލައި އިޒީކިއަލް ބުނެލި އެވެ. ދެންވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް ނައެވެ. އިޒީކިއަލްގެ ހިތް ފުރޭވަރު ނުވަނީ އެވެ.
"އިޒިކް... އިޒިކް..." މިޔާ މަޑުމަޑުން ގޮވާލި އެވެ. އެއާއެކު އިޒީކިއަލް ހޫން ލައްވާލި އެވެ. މާބޮޑު ސަމާލުކަމެއް ނުލިބުނީތީ އުނަގަނޑު މަތީ އަޅުވާލެވިފައި އޮތް އިޒީކިއަލްގެ އަތަށް މިޔާ ދަމާލި އެވެ.
"އިޒިކް ވަރުބަލި ނުވޭތަ؟. އިރުކޮޅަކު މަޑުކޮށްލިޔަސް އަހަރެން ނުގެއްލޭނެ. މިތާ... މިތަންމަތީ... އިޒިކްއާއެކީ އަހަރެން އޮންނާނީ. ޔޫ ކޭން ހޭވް މީ އެނީ ޓައިމް ޔޫ ވޯންޓް." ކުޑަކޮށް އެނބުރިލައި އިޒީކިއަލްއަށް ބަލާލަމުން މިޔާ ވާހަކަދެއްކި އެވެ. ފަރުވާތެރި ބެލުމަކުން އަނބިމީހާއަށް ބަލާލާފައި މިޔާގެ ތުންފަތުގައި އިޒީކިއަލް ބޮސްދީފި އެވެ. އަދި މަޑުމަޑުން މިޔާއާ ދުރަށް ޖެހިލައި އެ އަތުގެތެރެއަށް އަނބިމީހާ ގެނެސް ހިފަހައްޓާލައިފި އެވެ. އިޒީކިއަލްގެ އަތްމަތީ ބޯއަޅާލައިގެން ފިރިމީގެ މޭގައި ފަޅާފައި ހުރި އިސްތަށިތަކުގައި ފިރުމާލަފިރުމާލައި މިޔާ އޮތީ ހިތްހަމަޖެހިފަ އެވެ.
"މޫދަށް އެރޭނަންތަ؟." އިރުކޮޅަކު އޮވެފައި އިޒީކިއަލް އަހާލި އެވެ.
"މި ރޭގަނޑު." މިޔާއަށް އަހާލެވުނެވެ.
"ހޫމް... އައި ވޯންޓް ޓު ޓްރައި." ލާނެތް ހިނިތުންވުމަކާއެކު އިޒީކިއަލް އެއް ލޯ މަރާލި އެވެ. އެހިނދު މިޔާއަށް ދެ ލޯ ބޮޑުކޮށްލެވުނީ އެވެ. އިޒީކިއަލް އެ ބުނީ ކީކޭކަން އޭނާއަށް ދޭހަވީ އެވެ.
"ވަޓް... ޔޫ އާ ކްރޭޒީ." މިޔާއަށް ބުނެލެވުނެވެ.
"މަޖާވާނެ. ޔޫ ވިލް އިންޖޮއި... އައި ޕްރޮމިސް." އިޒީކިއަލްގެ ނޭފަތުން މިޔާގެ ނޭފަތުގައި ކޮށްޓާލި އެވެ.
އިޒީކިއަލް ކުރަން ބޭނުންވާ ތަޖުރިބާތައް ނުހަނު ގިނަކަން އޭނާ ފާޅުކުރާ ޚިޔާލުތަކުން މިޔާއަށް ދޭހަވި އެވެ. ފިރިމީހާގެ އެފަދަ އެދުންތަކަށް ދެކޮޅު ހަދާ އަނތްބަކަށް ވާން މިޔާ ނޭދެ އެވެ. އާކަންކަން ތަޖުރިބާ ކުރާން ހަޔާތުގެ ބައިވެރިޔާއަށް ވުރެން ރަނގަޅު ފަރާތެއް ނެތެވެ.
ޔޮޓުގެ ފަހަތުކޮޅުން މައިޑެކާއި ގުޅިފައިވާ ކުޑަ ސިޑީގެ ހަރުފަތްތަކުން މިޔާ ފޭބީ ރާޅު އަރާހައި ތިރިކޮށް ޔޮޓުގައި ހަދާފައި އޮތް ޕްލެޓްފޯމް މައްޗަށެވެ. މިޔާގެ ކޮނޑާއެކު ހަށިގަނޑު ނިވާކޮށްލައިގެން ހުރީ ތުވާއްޔަކުންނެވެ. ޕްލެޓްފޯމް މައްޗަށް ރާޅު އަރާ އިރަށް މިޔާ ފަހަތަށްފަހަތަށް ޖެހިލަ އެވެ.
"އެރުނީމަ އެހާ ފިންޏެއްނުވާނެ." އިޒީކިއަލް ބުނެލި އެވެ. އޭރު އޭނާގެ ދެ ފައިތިލަ ޕްލެޓްފޯމަށް އަރާ ރާޅުން ތެމިއްޖެ އެވެ. ފަޒާގައިވާ ފިނިކަމުގެ އަސަރު އޭނާއަކަށް ނުކުރެ އެވެ.
"މިހެން ހުރެތަ އެރެންވީ؟. ކްރޫ މެންބަރެއް އަތުވެއްޖެއްޔާޔޯ." މިޔާއަށް ބުނެވުނެވެ.
"ނާންނާނެ. އެންމެން މިގަޑީގައި ތިބޭނީ ނިދާފައެއްނު... މިޔާ. ޓްރަސްޓް މީ. މި އަނދިރީގައި ނުފެންނާނެ." އިޒީކިއަލް ވާހަކަދައްކަމުން އައިސް މިޔާގެ ގާތުގައި ހުއްޓިލި އެވެ. އަނބިމީހާގެ އަތުގައި ހިފާލައި ނުހަނު ގާތްކޮށްލުމަށްފަހު އެ ހަށިގަނޑުގައި އޮޅާލެވިފައިވީ ތުވާލި އިޒީކިއަލް ނައްޓާލި އެވެ. އަދި މިޔާގެ ހަށިގަނޑަށް އޭނާ ބަލާލީ ހިނިތުންވެ ހުރެ އެވެ. ފެންނަ މަންޒަރާމެދު އޭނާ އެ ހުރީ ނުހަނު ގަޔާވެފައިކަން އެ މޫނުން ފާޅުވެ އެވެ. ރަތްކުލައިގެ "ޓޫ ޕީސް ބިކިނީ"ގައި މިޔާ ދުށުމަށް އިޒީކިއަލް ބޭނުންވީ އެވެ. އެ ހިތްހަމަޖެހުން އޭނާ ހޯދައިފި އެވެ. ދެ ފޮތިކޮޅުން ހަށިގަނޑުގެ ލަދުވެތި ގުނަވަން ކިރިޔާ ނިވާކޮށްލެވިފައިވާހެން އިޙްސާސް ކުރެވޭތީ މިޔާ ހުރީ އިންތިހާއަށް ލަދުންނެވެ. މީގެ ކުރީން ދުވަހަކުވެސް އެފަދަ ނިވާކަން ކުޑަކޮށް ހަށިގަނޑު ހާމަކޮށްފައެއް މިޔާ ނެތެވެ. އެ ހުރިހާ ގުރުބާނީއެއް އޭނާ އެވަނީ އިޒީކިއަލްގެ އުފަލަށްޓަކައި އެވެ.
ދަގަނޑު ސިޑިން ލޮނުގަނޑުތެރެއަށް އިޒީކިއަލް ފޭބީ މިޔާ ގޮވައިގެންނެވެ. ލޮނުގަނޑުގައި ޖެހުމާއެކު އިޒީކިއަލްގެ ކަރުގައި އަޅުވާލެވިފައިވާ ދެ އަތް މިޔާއަށް ބާރުކޮށްލެވުމާއެކު ފިރިމީހާގެ ގައިގާ ނުހަނު ބޮޑަށް އޮޅުލައި ގަނެވިއްޖެ އެވެ. އެހިނދު އިޒީކިއަލްގެ ލުއި ހީނލުމުގެ އަޑު އިވިލި އެވެ.
"ބިރުނުގަނޭ. ދޫކޮށެއްނުލާނަމޭ... ސޯ ރިލެކްސް ވެލާ." މިޔާގެ ކަންފަތް ދޮށުގައި އިޒީކިއަލް ބުނެލި އެވެ.
އަނެއްކާ ވެސް މުޅީން އާ ދުނިޔެއަކަށް މިޔާގެ ލޯ އިޒީކިއަލް ހުޅުވާލަ ދިން ކަހަލަ އެވެ. ފުންއަރާމެއްގެ މަސްތުގައި މިފަހަރު ޖެހިގެން ދިޔައިރު މިޔާގެ ޖެހިލުންވުމާއި ލަދުވެތިކަމުގެ ފަސްޖެހުންތައް ނެތިއްޖެ އެވެ. މިޔާ އެދޭގޮތް އިޒީކިއަލްއަށް ހާމަކޮށް ފިރިމީހާއަށް މަގުދައްކައިދެމުން ދިޔަ އެވެ. މިޔާގެ އިސްނެގުން އިޒީކިއަލްއަށް ނުހަނު ކަމުގޮސްފި އެވެ. ދެ ނަފްސު ލޮނުގަނޑުގެ ތެރޭ ނުހިފެއްޓި އަޑިއަށް ހިނގައިދާނޭ ހީވާންފެށި ހިސާބުން އިޒީކިއަލް ޔޮޓުގެ ޕްލެޓްފޯމާ ކައިރިވެލައި މިޔާ ގާތުގައި ޕްލެޓްފޯމްގައި ހިފަހެއްޓުމަށް ބުންޏެވެ. އެހިސާބުގައި ޔޮޓުގެ މެންބަރަކު ހުރިނަމަ ބަޔަކު ނުފެނުނަސް އެ ދެމަފިރިންގެ ލޯބިކުރުމުގެ އަޑު ގައިމު ވެސް އިވުނީހެވެ. ނަމަވެސް އެފަދަ ކަމަކަށް ސަމާލުކަމެއް ދޭނެހާ ހޭވެރިކަމެއް އިޒީކިއަލްއާއި މިޔާގެ ނެތެވެ. އަލަތު ކައިވެނީގެ އުފާވެރި ވަގުތުކޮޅުގައި ދެމަފިރިންނަށް އެކަކުއަނެކަކަށްވުރެ އެއްވެސް ކަމެއް މުހިންމެއްނުވާނެ އެވެ. އިޒީކިއަލްއާއި މިޔާ ވެސް އެ ލައްޒަތުގައި ޖެހި ދީވާނާވެފައި ވެއެވެ.
* * * * *
3 ދުވަސް ފާއިތުވެ ދިޔައީ ނުހަނު އަވަހާ އެވެ. އިޒީކިއަލްގެ ކިބައިން ސަލާމަތްވާނެ ވަގުތެއް މިޔާއަށް ނުލިބެ އެވެ. އެ ބޮޑު ޔޮޓުގައި މިޔާ ގޮވައިގެން އިޒީކިއަލް ލޯބިނުކުރާ ތަނެއް މަދެވެ. ޔޮޓުގައި އެމީހުންގެ ޚިދުމަތައް ކޮންމެހެން ބޭނުންވާނޭ މީހުން ބޭތިއްބުމަށް އިޒީކިއަލް ނިންމީ ވެސް އެހެންވެ އެވެ. މި ދަތުރަކީ އޭނާ ނުހަނު ރޭވުންތެރިކަމާއެކު ކުރިޔަށް ގެންދިޔަ ދަތުރެކެވެ. އަނބިމީހާ ހިތްހަމަޖެހިފައި ހުރުން އޭނާއަށް ވަރަށް މުހިންމެވެ. ކައިވެންޏަށްފަހު މިޔާ ކޮންމެވެސް ކަހަލަގެ އުންމީދުތަކެއް ކުރާނޭކަން އިޒީކިއަލްއަށް އެނގޭތީއާ ވެސް އެކީ އެވެ. ވީއިރު "ހަނީމޫން"ގެ ނަމުގައި އިޒީކިއަލް ކަމެއްނުކޮށްދޭ ކަމަކަށް ނުވާނެތާ އެވެ. މިޔާ ޝަކުވާ ކުރާނޭ އެއްވެސް ފުރުޞަތެއް އިޒީކިއަލް ނުދެ އެވެ.
ސަންޑެކުގައި ހުރި ގޮނޑިތަކުގައި އިޒީކިއަލްގެ އަތުގެ ތެރޭގައި މިޔާ އިނެވެ. ފިރިމީހާގެ މޭގައި ލައްވެލައިގެންނެވެ. އޭރު މާފުށި ފަޅަށް ޔޮޓު ވަންނަނީ އެވެ. ދަތުރު ނިމުމަކަށް އައުމުން ހިސާބެއްގެ ނުތަނަވަސްކަމެއް މިޔާގެ ހިތުގައި ވިއެވެ. ދުވަސް ނިމުމަކަށް އަތުވެއްޖެކަން އިއުލާން ކުރަމުން އިރުގެ އެންމެ ފަހު ދޯދިތަކުން އުދަރެސް ޖަރީކުރުވާފައި ވެއެވެ. ކަނޑުންނަގައި ރޯޅީ ބާރުވެފައިވާކަން މިޔާގެ ހޭވެމުންދިޔަ އިސްތަށިގަނޑު ހެކިދެ އެވެ. މަޑުމަޑުން އޭނާގެ އިސްތަށިތައް ކިޔަމަން ކުރުމުގެ މަސައްކަތުގައި އިޒީކިއަލް އިނެވެ.
"އަހަރެމެން ދެން މާލެ ނުދާނެތަ؟." މިޔާއަށް އަހާލެވުނެވެ.
"ކީއްކުރަން މާލެ ދަނީ. މިކޮޅު މާ ހިތްފަސޭހައެއްނު." އިޒީކިއަލް އާދައިގެ ގޮތަކަށް ބުނެލި އެވެ.
މިޔާގެ ދޫ ބަންދުވީ އެވެ. އޭނާ އެދެނީ ހުޅުމާލޭގައި ހުރި އިޒީކިއަލްގެ ޕެންޓްހައުސްގައި ދެމަފިރިން ދިރިއުޅޭށޭ ބުނާން ނުކެރުނީ އެވެ. ފަޅުގައި ޔޮޓު އެޅުމާއެކު އޭގެ ދެމަފިރިން ބަލައި ކުޑަ ލާންޗު އައިސް ކައިރިކޮށްލައިފި އެވެ. ޔޮޓުގެ ކުރޫއެއް މިޔާގެ ދަބަސް ލާންޗަށް ލައިދިނެވެ. އިޒީކިއަލްގެ އެހީތެރިކަމާއެކު މިޔާ ލާންޗަށް އެރި އެވެ. ޔޮޓުގައި ހޭދަވި ވަގުތުތަކުގެ ހަނދާންތަކާއެކު މިޔާގެ ނަޒަރު ޔޮޓަށް ހުއްޓިފައި ވިއެވެ. އޭރު އެމީހުންނާއެކު ލާންޗު މާފުށްޓާ ދިމާއަށް ދަތުރު ފަށައިފި އެވެ.
ތޮށި މައްޗަށް އިޒީކިއަލްމެން ފޭބިއިރު އެމީހުން ބަލައި އައިސް ހިލްމީ ހުއްޓެވެ. ކާރާ ދިމާއަށް ދެމަފިރިން އެކުގައި އައެވެ. ފަހަތު ދޮރުފަތް ހިލްމީ ހުޅުވާލަ ދިނުމުން ފުރަތަމަ އެރީ މިޔާ އެވެ. އޭނާ އެތެރެއަށް ޖެހިލައި އުނގުމަތީ ދަބަސް ބަހައްޓާލީ އިޒީކިއަލްއަށް ތަން ހަނދާ ދިނުމަށެވެ. ނަމަވެސް ދެން ފެނުނީ ކާރުގެ ދޮރުފަތް ލެއްޕުނުތަނެވެ. ހިލްމީއާއި އިޒީކިއަލްއާ ދެމެދު ކޮންމެވެސް ވާހަކައެއް ދެކެވެމުންދިޔަ އެވެ. އެމީހުން ވާހަކަދައްކަމުންދިޔައީ ކާރުގައި އިން މިޔާއަށް އިވޭވަރަށްވުރެ މަޑުންނެވެ. އެމީހުން އެ ދެއްކި ވާހަކައެއް ދެއްކުމަށްފަހު ހިލްމީއާއެކު އިޒީކިއަލް އެރީ ކުރީ ސީޓަށެވެ. ގެއާ ހަމައަށް އާދެވެންދެން ދަތުރުމަތީ އެކަކުވެސް ބަހެއް ނުކިޔަ އެވެ. ފާއިތުވި ތިން ދުވަހު މިޔާ ދުށް އިޒީކިއަލް ޣައިބުވީ ފަދަ އެވެ. އަދި އަބަދުމެ ފެންނަ ސީރިއަސް މީހާއަށް އިޒީކިއަލް ބަދަލުވެއްޖެ އެވެ.
"މިޔާގެ ދަބަސް ގެންގޮސްދީ." ދަބަސް ހިފައިގެން މިޔާ ކާރުން ފޭބި ހިނދު އިޒީކިއަލް އަންގާލީ ހިލްމީ އަށެވެ.
ގޭތެރެއަށް ވަނުމަށް ދޮރޯށި ހުޅުވާލައި ހިލްމީ މަޑުކޮށްލީ މިޔާއަށް ފުރުޞަތު ދެމުންނެވެ. މިޔާއަށް ބަލާލެވުނީ އިޒީކިއަލް އަށެވެ. އޭނާ ފޯނު ނެގި ގޮތަށް ހިނގައިގަތީ ގެއާ ދުރަށެވެ. ދަނީ ކޮންތާކަށްކަމެއް މިޔާ ކައިރީ ބުނެލުމެއް ވެސް ނެތެވެ. ނުވީތާކަށް ކާރުން ފޭބިއްސުރެ މިޔާއާ ދިމާއަށް އިޒީކިއަލް ރަނގަޅަށް ބަލާލާފައި ވެސް ނުވެ އެވެ. ކޮންމެވެސް ކަމަކާ އޭނާ ހާސްވެފައިވާ ކަހަލަ އެވެ. ހިލްމީ ދިން ޚަބަރެއްގެ ސަބަބުންކަން މިޔާގެ ޟަމީރު އެއްބަސްވެ އެވެ. ހިތަށް އުނދަގޫވެފައި ހުރެ މިޔާ ގޭތެރެއަށް ވަނެވެ.
ކޮޓަރީގައި ހުރި ސޯފާގައި އިށީން ގޮތަށް އެއްވެސް ކަމެއް ނުކޮށް މިޔާ އިނީ އިޒީކިއަލްގެ އިންތިޒާރުގަ އެވެ. ދަތުރު ދަބަސް ހުޅުވައި އޭގައި ހުރި އެއްޗެހި ނެގުން ވެސް މުހިންމު ނުވެފައި އިން ކަހަލަ އެވެ. އެގޮތުގައި ގަޑިއެއްގެ އިރު ފާއިތުވެއްޖެ އެވެ. އިޒީކިއަލްގެ ޚަބަރެއް ނުވި އެވެ. ކެތްނުކުރެވިގެން މިޔާ ފޯނު ނެގި އެވެ. އިޒީކިއަލްގެ ނަންބަރަށް ގުޅި އެވެ. އޭނަ ހުރީ ފޯނެއްގައިކަން މިޔާއަށް އެނގުނެވެ. ހަމައެއާއެކު މިޔާގެ ކޯލު އިޒީކިއަލް ބިޒީކޮށްލައިފި އެވެ. އަތުގެތެރޭ ފޯނު ބާރުކޮށްލެވުނު އިރު މިޔާއަށް ތުންފިއްތާ ލެވިއްޖެ އެވެ.
"އަހަރެންގެ ކައިރީ ހުރެ ފޯނުން ވާހަކަ ނުދެއްކެނީތަ؟. ބަލާބަލަ ގަޑިންވީއިރު... އޭރުއްސުރެ އިޒިކް އެ ހުންނަނީ އެ ކޯލުގައި ނޫންކަމެއް ވެސް ނޭނގެ. އެހާ ގިނައިރު ކާކާ، ކޮންވާހަކައެއް ދައްކަން އޮންނާނީ." މިޔާގެ ސިކުނޑިއާއި ހިތުގައި ޚިޔާލު ތަފާތުވުންތައް އުފެދެން ފެށި އެވެ.
"ކީއްވެފަ ތި އިނީ؟" އިޒީކިއަލް ވަންއިރު ސޯފާއަށް ފައި ނަގައި މެޔާ ކަކޫ ކައިރިކޮށްލައިގެން މިޔާ އިންގޮތުން އަހާލި އެވެ.
"އިޒިކް އަންނަންދެން މި އިންނަނީ. ކީއްވެ އެހާ ލަސްވީ؟." މިޔާއަށް ބުނެވުނީ ޝަކުވާގެ ރާގެއްގަ އެވެ.
"އަހަރެން މިޔާގެ ފަހަތުން ނުވަނަސް މިޔާ ކުރަންޖެހޭ ކަންކަން ކުރަންވާނެ އެއްނު. އަދިވެސް ދަބަސް މިހުރީ މިތަނުގައި. އެހެންނޫނަސް އެނގޭނެއެއްނު އިނދެގެން ހުރިއްޔާ އަހަރެން މިޔާގެ ކައިރިޔަށް އަންނާނެކަން." އިޒީކިއަލް ބުންޏެވެ. އެ އަޑުގައި އެއްވެސް ގާތްކަމެއް ނެތެވެ. އެކަން އިޙްސާސް ކުރެވި ވަކިން މިޔާގެ ހިތަށް އަސަރުކޮށްފި އެވެ.
(ނުނިމޭ)