ދަ ޑިމޮކްރެޓްސް

41 ދާއިރާއަކަށް ޑިމޮކްރެޓުން ވާދަކުރަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 41 ދާއިރާއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 41 ދާއިރާއަށް 46 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.

އެއީ 13 އަންހެނަކާއި 33 ފިރިހެނުން ކަމަށްވެސް ޑިމޮކްރެޓުން ބުނެ އެވެ.

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި ޕްރައިމަރީއަކާ ނުލައި 37 ބޭފުޅަކަަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފަ އެވެ. އެއީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން އެ ދާއިރާއަށް އެންމެ މެންބަރަކު ކުރިމަތިލުމުން ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.

ޓިކެޓް ކަށަވަރުކުރެއްވި ބޭފުޅުން

  • ކުޅުދުއްފުށި ދެކުނު ދާއިރާ - އަހުމަދު މުހައްމަދު - ދެރަހަ، ހދ. ކުޅުދުއްފުށި
  • ފުނަދޫ ދާއިރާ - އަބްދުލްޙަންނާން ހުސައިން - ނޫރާނީގެ، ށ. މާއުނގޫދޫ
  • މަނަދޫ ދާއިރާ - އާއިޝަތު އިބްރާހީމް - ފިނިފެންމާގެ، ނ. މާފަރު
  • ވެލިދޫ ދާއިރާ - މުހައްމަދު އަލީފުޅު - ފޭރުމާގެ، ނ. ވެލިދޫ
  • އުނގޫފާރު ދާއިރާ - މުހައްމަދު ޝިފާޒް - މަދޮށިމާގެ، ހއ. ބާރަށް
  • އިނގުރައިދޫ ދާއިރާ - މުހައްމަދު ވަހީދު - ސަތަރުގެ، ރ. ފައިނު
  • މަޑުއްވަރި ދާއިރާ - އަލީ ނަޡްމީ - ދިލާސާގެ، ރ. މަޑުއްވަރި
  • ތުޅާދޫ ދާއިރާ - އަހުމަދު އަފްރާޙް - އާރު، ބ. ތުޅާދޫ
  • މާފުށި ދާއިރާ - މުހައްމަދު މުސްތަފާ - ވިވިޑް، ކ.މާފުށި
  • މާމިގިލި ދާއިރާ - ހަސަން އިބްރާހީމް - ފިނިފެންމާގެ، ނ.މާފަރު
  • ފެލިދޫ ދާއިރާ - ޝުޖާއު އަލީ - ދިލްބަހާރުގެ، ވ. ތިނަދޫ
  • ކެޔޮދޫ ދާއިރާ - އާދަމް އަބްދުއްލަޠީފް - ދަފްތަރު. ނަންބަރު 4774 / މާލެ
  • ދިއްގަރު ދާއިރާ - އިބްރާހީމް އިސްމާޢީލް - ނަފާ، މ. މަޑުއްވަރި
  • މުލަކު ދާއިރާ - ޠާހާ ރަޝީދު - ކަށިމާގެ، ގދ. ހޯނޑެއްދޫ
  • ކުޑަހުވަދޫ ދާއިރާ - އަހުމަދު ޝަމްއޫނު - ޖަންގަލީވިލާ، ދ. ކުޑަހުވަދޫ
  • ތިމަރަފުށި ދާއިރާ - ފާޠިމަތު ޒިލްމާ - އަމާޒް، ތ. ތިމަރަފުށި
  • ގުރައިދޫ ދާއިރާ - ލީލާ އިބްރާހީމްމަނިކު - އާރްޒޫ، ތ. ގުރައިދޫ
  • ފޮނަދޫ ދާއިރާ - އަޒްލިފާ ޔޫސުފް - ތުނޑި، ކަދިލިމާގެ، ލ. ގަން
  • ގައްދޫ ދާއިރާ - އަޙްމަދު ޒާހިރު - މ. ލާބަ، މާލެ
  • ފުވައްމުލަކު ދެކުނު ދާއިރާ - އުމަރު އަބްދުﷲ - ފުނާޑު، އުފާ، ޏ. ފުވައްމުލައް
  • ހުޅުދޫ ދާއިރާ - މުހައްމަދު ޔާސިން - ރަސްގެދަރު، ސ. ހުޅުދޫ
  • ހިތަދޫ އުތުރު ދާއިރާ - ޝަބީނާ އިބްރާހީމްދީދީ - ފެމޯރާގެ، ސ. ހިތަދޫ
  • ހިތަދޫ މެދު ދާއިރާ - އަހުމަދު ރަޝީދު - އަރާއިރު، ސ. ހިތަދޫ
  • މެދުހެންވޭރު ދާއިރާ - އަލީ އާޒިމް - ހ. ނިއުކްއީން، މާލެ
  • ހެންވޭރު އުތުރު ދާއިރާ - އިޝްރަތު ހަމީދު - ހ. ނީމާ، މާލެ
  • ގަލޮޅު އުތުރު ދާއިރާ - އީވާ އަބްދުﷲ - ގ. ދޭލިޔާވިލާ، މާލެ
  • ގަލޮޅު ދެކުނު ދާއިރާ - އިސްމާޢީލް ޒަރިޔަންދު - ގ. ނަންކުރާވިލާ، މާލެ
  • މައްޗަންގޮޅި އުތުރު ދާއިރާ - ޙުސައިން ޢަމްރޫ މުޙައްމަދު ރަޝާދު - ގ. ހައްދުންމަތީދެކުނުގެ، މާލެ
  • މައްޗަންގޮޅި ދެކުނު ދާއިރާ - އާމިނަތު މުނާ - މއ. ބްލޫކޯރަލް، މާލެ
  • މާފަންނު އުތުރު ދާއިރާ - އިމްތިޔާޒް ފަހުމީ - މ. އަފްޒާ، މާލެ
  • މާފަންނު ހުޅަނގު ދާއިރާ - އަހުމަދު ސައީދު - މ. އެސްޓަންވިލާ، މާލެ
  • މާފަންނު މެދު ދާއިރާ - އިބްރާހީމް ރަޝީދު (ބޮންޑަ) - މ. ޕްމޮޕިޔާ، މާލެ
  • މާފަންނު ދެކުނު ދާއިރާ - އަފާފް އަޙްމަދު ރަޝީދު - މއ. ކެނެކްސާ، މާލެ
  • ހެންވޭރު ހުޅަނގު ދާއިރާ - ޙަސަން ލަޠީފް - ހ. ސީވީޑް، މާލެ
  • މައްޗަންގޮޅި މެދު ދާއިރާ - އާޝިޔަތު އަލައިކާ ޢަދުނާން - މއ. ތަބައްގެ، މާލެ
  • ހުޅުމާލެ މެދު ދާއިރާ - ޒީނަތު ޢަލީ - ދަފްތަރު. ނަންބަރު 2616، މާލެ
  • ހުޅުމާލެ އުތުރު ދާއިރާ - ފާޠިމަތު ޙަމްދާ މުޙައްމަދު - ލަކީލާސްޓް، ގދ. ތިނަދޫ

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުންނެވެ.

ޑިމޮކްރެޓްސް އިން ޕްރައިމަރީ ބާއްވާ ދާއިރާތައް

  • ކެލާ ދާއިރާ
  • ކަނޑިތީމު ދާއިރާ
  • ހުޅުމާލެ ދެކުނު ދާއިރާ
  • ހެންވޭރު ދެކުނު ދާއިރާ

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފަ އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.