ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕްރައިމަރީއަށް ކުރިމަތިލުމުގެ ޝަރުތުތައް

  • ފެބްރުއަރީ ހަތަރެއް، 2024 ގެ ހަވީރު 4:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ޖެހިފައިވުން.
  • ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހުރުން.

ދަ ޑިމޮކްރެޓްސް އިން ބުނި ގޮތުގައި ޕްރައިމަރީގައި ވޯޓު ލެވޭނީ ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެންބަރުންނަށެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް ފެބްރުއަރީ ހަ ވަނަ ދުވަހު ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި ފެބްރުއަރީ 10 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް އިއުލާނުކުރުމަށް ކަނޑައަޅާފައިވަނީ ފެބްރުއަރީ 11 ވަނަ ދުވަހެވެ.