ހިޔާނާތް

ޓްރާންސްޕޭރަންސީގެ އިންޑެކްސްގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވާލަމުން ގެންދާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ އެއް ދަރަޖަ ދަށަށް ޖެހިލައިފި އެވެ.

ޓްރާންސްޕޭރަންސީން މިއަދު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނީ 39 ޕޮއިންޓެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ޕޮއިންޓް ދަށް އަދަދެކެވެ.

ޓްރާންސްޕޭރަންސީގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް މިފަހުން އެންމެ ރަނގަށް ޕޮއިންޓް ލިބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެއަށް 39 ޕޮއިންޓް ލިބުނެވެ. އޭގެފަހުން ޖެހިގެން އައި ދެ އަހަރުވެސް ރާއްޖެއަށް ލިބުނީ 40 ޕޮއިންޓެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ނެރޭ ސީޕީއައި އަކީ ގައުމުތަކުގައި ކޮރަޕްޝަން ހާލަތު އޮތް މިންވަރު އަންގައިދޭ އިންޑެކްސް އެކެވެ.

މި އިންޑެކްސްގައި 100 ލިބެނީ ކޮރަޕްޝަންގެ ހާލަތު އެންމެ ރަނގަޅު ގައުމުތަކަށެވެ. އިންޑެކްސްގައި 100 އިން ދަށަށް އަންނަ ކޮންމެ ނަންބަރަކުން ދައްކައިދެނީ އެ ގައުމެއްގައި ކޮރަޕްޝަންގެ ހާލަތު ގޯސްވަމުންދާ މިންވަރެވެ.