އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް -- މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނުތައް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށައިފި އެވެ.
މޫލީ އިން ސެމްސަންގް ގެލެކްސީ އެސް24 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ މިދިޔަ ޖެނުއަރީ 19 ވަނަ ދުވަހުގެ މެންދަމު 12:00 ޖެހިއިރު އެވެ.
މޫލީ މެދުވެރިކޮށް އެސް24 ފޯނު ގަންނަ ކަސްޓަމަރުންނަށް ލިބޭ ފައިދާ:
- ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް
- ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ
- އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ ދެ މަހުގެ ޕްރީމިއަމް އޮފަ
- އެޑޯބީ އެކްސްޕްރެސްގެ ދެ މަހުގެ ޕްރީމިއަމް އޮފަ
- ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1،000 ރުފިޔާގެ މޫލީ ވައުޗަ
އުރީދޫ މޯލްޑިވްސް އިން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.