ހުސައިން ޝަމީމް

ޝަމީމަށް ހަމަލާދިން މީހުން ޝަރީއަތް ނިމެންދެން ބަންދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެެވެ.

ޝަމީމަށް އިއްޔެ ހެނދުނު މޫނު ނިވާކޮށްގެން ތިބި ދެ މީހުން ހަމަލާ ދިނީ ޝަމީމް ދަރިފުޅު ސްކޫލަށްލުމަށްފަހު ގެއަށް ވަދެވަޑައިގަންނަވަން ދަނިކޮށެވެ.

މި ދެ މީހުން ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އޭނާއާ ދުރާލައި ފާރަލަމުން އައިސްފައި ކަމަށްވެ އެވެ. މަރުތޭލެއް ކަހަލަ އެއްޗަކުން ޝަމީމަށް ހަމަލާދިނުމުން އޭނާގެ އުޅަނބޮށީގެ ކަށިގަނޑެއްގައި ވަނީ ރެނދުލާފަ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާގައި ހިމެނޭ ދެ މީހުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ ތަހުގީގު ފުރަތަމަ މަރުހަލާ ކަމަށްވާތީ ހައްޔަރުކުރި މީހުންގެ މައުލޫމާތު ސީޕީ ހާމައެއް ނުކުރައްވަ އެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި ދެ މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ސީޕީ މިއަދު އިތުރަށް ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ސީޕީ ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ކަމެކެވެ.

ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު މިކަމުގެ ތެރޭގައި އިތުރު ބަޔަކު ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ހަމަލާއަށްފަހު ޝަމީމް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނބުރި އަންނާނީ މާ ވަރުގަދަކޮށް ކަމަށެވެ.

"މަސައްކަތާއި ދުވުމާއި ބައިސްކަލް ދުއްވުން އަދި ފެތުމަށް ދެން އެނބުރި އަންނާނީ މާ ވަރުގަދަކޮށް،" ޝަމީމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910