ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

ޑިމޮކްރެޓުންގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:008 ހަވީރު 4:00 އަށެވެ.

މި ޕްރައިމަރީ ކުރިއަށް ދަނީ ހަތަރު ދާއިރާއެއްގައެވެ. އެއީ ކެލާ ދާއިރާ، ކަނޑިތީމު ދާއިރާ، ހުޅުމާލެ ދެކުނު އަދި ހެންވޭރު ދެކުނު ދާއިރާގަ އެވެ.

ޑިމޮކްރެޓުންގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން 41 ދާއިރާ އަކަށް 46 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނު ބޭފުޅުންނަށް އެ ޕާޓީން މިހާރު ވަނީ އެކަން އަންގާ ޓިކެޓްވެސް ހަވާލުކޮށްފަ އެވެ.

އެއްވެސް ބޭފުޅަކު ކުރިމަތި ނުލާ ދާއިރާތަކަށް ކުރިމަތިލުމަށް އަލުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.