ދުނިޔެ

އައިއެސް އިން އިރާގުގައި ބޮން ގޮއްވާ 70 މީހުން މަރާލައިފި

ހައްދު ފަހަނައަޅާފައިވާ އައިއެސް ޖަމާއަތުން އިރާގުގައި ބޮންތަކެއް ގޮއްވާލައި 70 މީހުން މަރާލައިފި އެވެ. މިހަމަލާތަކުގައި 100 މީހުންވަނީ ޒަހަމްވެފަ އެވެ.

ވެރިރަށް ބަގުދާދުގެ އުތުރުގައި އޮންނަ ޝީއީން ދިރިއުޅޭ ސަދްރް ސިޓީއަށް ދިން މިހަމަލާތަކުގެ ޒިންމާ އައިއެސް އިން މިހާރުވަނީ އުފުލާފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ބޮންތައް ގޮއްވާލާފައިވާ ސަރަހައްދަކީ ވަރަށް ހަލަބޮލި މާރުކޭޓް ސަރަހައްދެކެވެ. އެސަރަހައްދަކީ ސަލާމަތީ ކަންކަން ފުދޭ ވަރަކަށް ވަރުގަދަ ސަރަހައްދު ތަކެކެވެ.

އަދި ފުރަތަމަ ބޮން ގޮއްވާލާފައިވަނީ ސައިކަލެއްގައި ހަރުކޮށް ޖާނުން ފިދާވެގެން ނެވެ. އަދި މީގެ އިތުރުން ހަމަލާދިން އަނެއް އަވަށަށް ދިން ހަމަލާތަކަކީ ސަލާމަތީ ބާރުތަކަށް ދިން ހަމަލާތަކެއް ކަމަށް ސިފަކުރެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ހަމަލާގައި ގިނަ އަދަދެއްގެ ފުލުހުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުން އައިއެސް އިން ވަނީ ވަގަށް ނަގާފަ އެވެ. އޭގެ އިތުރުން ކައިރީގައިވާ އެހެން އަވަށެއްވެސް އައިއެސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އިއްޔެ ބަގުދާދަުގައި ބޮމގެ ހަމަލާތައް ދިން އައިއސްގެ ދެ ހަނގުރާމަވެރިންވެސް ވަނީ ހަމަލާތަކުގައި މަރުވެފަ އެވެ.