އެމެރިކާގެ ރައީސް ޖޯ ބައިޑަން -- މި އަހަރު އެ ގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޒުވާނުންގެ ތާއީދު ހޯއްދެވުމަށް -- ސޯޝަލް ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކަށް ވަދެވަޑައިގެންފި އެވެ.
ބައިޑަންގެ ކެމްޕޭން ޓީމުން، ބައިޑަންގެ އޮފިޝަލް ޓިކްޓޮކް އެކައުންޓެއް ހުޅުވައި މިހާރު ގެންދަނީ ކުރު ވީޑިއޯ ޕޯސްޓްކުރަމުންނެވެ.
ޓިކްޓޮކް އަކީ އެމެރިކާގައި ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގައި ރިޕަބްލިކަން މެމްބަރުންގެ މެދުގައި ހިލާފު ބޮޑު އެޕްލިކޭޝަނެކެވެ.
ޓިކްޓޮކް ނިސްބަތްވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސަންއަސް ކަމަށްވެފައި ޗައިނާގެ ޓެކް ކުންފުނިތަކަކީ އެމެރިކާއަށް ޖާސޫސްކުރާ ބައެއް ކަމަށް އޮންނަނީ ލޭބަލް ކޮށްފަ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަކިން ހާއްސަކޮށް ޑިމޮކްރެޓުންގެ ވަރަށް ގިނަ މެމްބަރުންގެ އަތުގައި ޓިކްޓޮކް އެކައުންޓެއް އޮވެ އެވެ.
ޗައިނާގެ ވާވޭ ކުންފުންޏަކީ ވެސް އެމެރިކާގައި މަނާ ކުންފުންޏެވެ.
ވާވޭ ޓެކްނޮލޮޖީޒް އިން އުފައްދާ ނެޓްވޯކް ސްވިޗްތަކާއި ރައުޓަރު އަދި ސްމާޓްފޯނުތައްވެސް އެމެރިކާގައި ބޭނުންކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް ޓިކްޓޮކަކީ ޒުވާނުންގެ މެދުގައި މަގުބޫލު ވެއްޓަކަށް ވުމުން ބައިޑަންއަށް ޓިކްޓޮކްގައި ބައިވެރިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެވެ.