ރައްޔިތުންގެ މަޖިލިސް

އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ އެ ކޯލިޝަނުން ނަގައިފި އެވެ.

އެ ކޯލިޝަންގެ މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާ ކަމަށެވެ.

"އެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ބޭނުންނުވާކަން މިހާރު ރައްޔިތުންގެ މަޖިލީހަށް ވާނީ އަންގާފަ،" މެންބަރު ވިދާޅުވި އެވެ.

މެންބަރު އިތުރަށް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުން ސޮއި ނަންގަވާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށަހެޅީ 23 މެންބަރުންގެ ސޮޔާއެކު އެވެ.

މި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފައިވާއިރު އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސަށް މިމަހުގެ ހަތަރު ވަނަ ދުވަހު ފޮނުވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345