ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ފަށައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ފަށައިފި އެވެ.

އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މިިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ހަމަވިއިރު އިންތިހާބުގައި ވާދަކުރުމަށް 381 ފޯމު ހުށަހަޅާފައިވެ އެވެ. މީގެތެރޭގައި އަންހެން ބޭފުޅުންނަކީ 10.76 ޕަސަންޓެވެ.

އިންތިހާބުގެ ގުރުއަތުލުން ކުރިއަށް ގެންދިއުމާއި ނަން ތަރުތީބުކުރުން ކުރިއަށްދާނީ މިއަދު ހަވީރު 2:00 އިން އިރުއޮއްސި 6:00 އަށެވެ.

ގުރުއަތުލުން މިއަދު ފެށުމުގެ ކުރިން ދެ ބޭފުޅަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީ، ޖޭޕީ، ޕީޕީއެމް / ޕީއެންސީ އަދި ބައެއް އަމިއްލަ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅުއްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު ފަސްކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގު ކުރެއްވުމުންނެވެ.