ދިވެހި ސިނަމާ

ފުރޭތައިގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ފުރޭތަ"ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

ކުރިއަށް އޮތް މާޗް ހަތަރުވަނަ ދުވަހު އަޅުވާ މި ފިލްމުގެ އާންމު ޝޯތަކުގެ ޓިކެޓް ވިއްކަނީ 150 ރުފިޔާ އަށެވެ. ޕްރިމިއާ ނައިޓް ޝޯގެ ޓިކެޓް ވިއްކަނީ 200 ރުފިޔާ އަށެވެ.

ޑާކް ރެއިން އިން މިއަހަރު ގެނެސްދޭ ފުރަތަމަ ފިލްމު ފުރޭތަ އަކީ ބަދަލު ހިފުމުގެ މަންޒަރުތަކެއް ދައްކުވައިދޭ އެކްޝަން ތުރިލާ އެކެވެ.

އަހްމަދު ތޮލާލްގެ ސްކްރިޕްޓަކަށް ތައްޔާރުކޮށްފައިވާ ފުރޭތަ ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ފުރޭތަގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ޝަރަފް އަބްދުﷲ، މުހައްމަދު މަނިކު، އަހްމަދު ސައީދު، ރަވީ ފާރޫގު، މުހައްމަދު ރިފްޝާން، އާދަމް ރިޒްވީ، އައިމިނަތު އަސީލާ، އަހުމަދު ނީލް އަދި އަލީ ނަދީހު ހިމެނެ އެވެ.