ހދ. ކުޅުދުއްފުށީ ކައިރިއަށް ނަގޫ ރޯޅި އެއް އަރައިފި އެވެ.
އަތޮޅު ކައުންސިލްގެ މެންބަރު ހުސެއިން ސަގީފް އިހުސާން ވިދާޅުވީ، ނަގޫ ރޯޅި އަރާފައިވަނީ މިއަދު މެންދުރު ކަމަށާއި ނަގޫ ރޯޅި ދިޔައީ ރަށާ ވަރަށް ކައިރިން ކަނޑު މަތިން ކަމަށެވެ.
މި ނަގޫ ރޯޅީގެ އެއްވެސް އަސަރެއް ކުޅުދުއްފުއްޓަށް ވެސް އަދި ކައިރި އެހެން ރަށަކަށް ވެސް ނުކުރެ އެވެ. އަދި ނަގޫ ރޯޅީގެ ސަބަބުން އެއްވެސް ކަނޑު އުޅަނދަކަށް ގެއްލުމެއްވެފައިވާ ކަމުގެ ރިޕޯޓެއް ވެސް ލިބިފައެއް ނުވެއެވެ.