މުހައްމަދު އަސްލަމް

މަޖިލީހުގެ ރައީސް އަޒަރުބައިޖާނަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި އަޒަރުބައިޖާނަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅަކީ 14 ވަނަ އޭޝިއަން ޕާލިމެންޓަރީ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އަސްލަމްގެ އަރިހުގައި އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުވެސް އަޒަރުބައިޖާނަށް ވަޑައިގެންނެވި އެވެ.

ސާދަވަނަ އޭޝިއަން ޕާލިމެންޓަރީ އެސެމްބްލީ ކުރިއަށްދާނީ މިމަހުގެ 21 އިން 24 އަށް އަޒަރުބައިޖާންގެ ބަކޫގައެވެ.