މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ

ސްޓޭޓް މިނިސްޓަރު ހުސައިން މަގާމުން ވަކިކުރައްވައިފި

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް. ރޭގެ ވަގުތެއްގައި ހުސައިން ވަނީ މަގާމުން ވަކިކުރައްވާފައި
0%
100%
0%

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް މަގާމުން ވަކިކުރައްވައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސެއްގެ ގޮތުގައި ހުންނެވި ހުސައިން އިސްމާއީލް މަގާމުން ވަކިކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ހުސައިން މަގާމުން ވަކިކުރައްވާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވެސް އަވަސްއަށް ޔަގީންކޮށްދެއްވި އެވެ. ނަމަވެސް ވަކިކުރެއްވި ވަކި ސަބަބެއް ސާފުކޮށްދީފައެއް ނުވެ އެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ހުސައިން އިސްމާއީލް ވަކިކުރެއްވިއިރު އެ މިނިސްޓްރީގެ ވަޒީރު ޑރ. އައިޝަތު ރަމީލާ އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ ދުވަސްތަކުގައި މިނިސްޓްރީ ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ ހުސައިން އިސްމާއީލް އެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ހުސައިން އިސްމާއީލް ވަކިކުރެއްވުމާ ގުޅިގެން އެ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އަދިވެސް ދެ ބޭފުޅަކު އެބަތިއްބެވި އެވެ. އަދި ތިން ޑެޕިއުޓީ މިނިސްޓަރުންވެސް އެބަތިއްބެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345