ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން ފަސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަމުންދަނީ ކޯރަމް ހަމަނުވާތީ ކަމަށެވެ.

"ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމްއަށް އަދި މެންބަރުން ވަޑައިގެންފައިނެތް،" ސަލީމް ވިދާޅުވި އެވެ.

ކޯރަމް ހަމަނުވާތީ ސަލީމް ވިދާޅުވީ 10:00 ގައި ޖަލްސާ ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

"ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން މިކަމުގައި އަޅުގަނޑަށް އެހީތެރިވުން އެދެން،" ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ހުރި މަސައްކަތްތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން އަވަސްކުރަން ގޮވާލާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލަ ހިމެނެ އެވެ.