މުޒާހަރާ

އެއާޕޯޓްގައި މުޒާހަރާކުރި މީހުނަށް ހުކުމް ކުރުން ފަސްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މުޒާހަރާ ކުރި މީހުންނަށް ހުކުމް އިއްވުން ފަސްކޮށްފި އެވެ. ހުކުމް އިއްވުން ތާވަލުކުރީ މިއަދަށެވެ. ނަމަވެސް ދައުވާ ލިބޭ އެކަކު ރާއްޖެއިން ބޭރުގައި ހުރުމުން އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ފަސް ވަނަ ދުވަހު އެއާޕޯޓްގައި މުޒާހަރާކުރި އެ މައްސަލައިގައި ދައުލަތުން ވަނީ 15 މީހެއްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. އޭގެ ތެރެއިން އެންމެ މީހަކު ފިޔަވައި ދެން ތިބީ މުޅިން ވެސް އަންހެނުންނެވެ. ދައުވާލިބޭ މީހުންގެ ތެރޭގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެ އުޅުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.

ދައުވާ އުފުލާފައިވާ ފަރާތްތައް

  • މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު
  • މ. ފެހިފަތްގެ، ޔުމްނާ
  • ޏ. ފުވައްމުލައް މިސްކިތްމަގު ދޯނާޑު، ޒަހުރާ މޫސާ
  • މ. ނިއުހިލްމަން، ޝަމީމާ އާދަމްފުޅު
  • ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރު
  • މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު
  • ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު
  • ސ. ހިތަދޫ ޝެޑިއުލަސް، ހަދީޖާ ޝާދިޔާ
  • މާލޭ ދަފްތަރު 5866، ފާތިމަތު ރަޝީދާ
  • ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު
  • ތަންތާރަ، އާމިނަތު ޒިމްނާ
  • ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ
  • މ. ނިރޮޅު، އާމިނަތު ޝާނީޒު ސައީދު
  • ގ. ދުވާފަރު، އާއިޝަތު މަމްދޫހާ
  • މއ. ބީޗްހައުސް އާމިނަތު ދުމައިނާ އިރުޝާދު

އެ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން ހަ މަހަށް ޖަލަށްލުމަށް ނުވަތަ އަރުވާލަން ނުވަތަ ގޭގައި ބަންދުކުރަން ހުކުމްކުރާނެ އެވެ.