އިދިކޮޅު ފަރާތްތައް

އިދިކޮޅު މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

މުޒާހާރައިން ހައްޔަރު ކުރި ބައެއް މީހުން ވެހިކަލްގައި
0%
0%
0%

މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާ ކޮށްފައި އޮއްވާ އިދިކޮޅު ދެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ތެރެއިން ބަޔަކު އިއްޔެ ކުރި މުޒާހަރާގައި ހައްޔަރުކުރި 24 މީހަކު ދޫކޮށްލއިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ހައްޔަރުކުރި މީހުން ދޫކޮށްލީ މިއަދު މެންދުރު ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ހައްޔަރުގައި ތިބި މީހުން ދޫކޮށްލީ އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފުވެފަ ވާތީ ޖޫރިމަނާ ކުރުމަށް ފަހުގައި ކަމަށެވެ.

އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް / ކޮންގްރެސް ޕާޓީ (ޕީއެންސީ) ހިމެނޭ ގޮތަށް އޮންނަ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ދެ ޕާޓީގެ ކަައުންސިލް މެންބަރުން ވެސް ހިމެނެ އެވެ.

ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރަކަށްވާތީ ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. މި ހާލަތުގައި އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅުން އަންނަނީ ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ބާއްވަމުންނެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަންކާ

މުޒާހަރާ ކުރުމުހެ ހައްގު ނިގުޅައިގަތީ ޔާމީނު.ދެން މިއަދު ކޮން މުޒާހަރާއެއްތަ ތިކުރަނީ.ލަދުން ބޯހަލާކު

ގަފޫރު 009

ހަމަ މާދަމާވެސް ދާނަން ނަޒްލާމެންގެ ޑްރާމާ ނިންމަންދެކައް ދާނަން

ނާދިޔާގެ ބުޅާ

ފިރި ސޮރު ކޮފީ އަށޭ ކިޔާފަ މުޒާހަރާއައް ދިޔަތަނާ ދެންއިވުނީ ހައްޔަރު ކުރި ވާހަކަ 😂😂

ޒުމާހާ

މީ ވާވަރަކީ

ވަޒުދާ

ބަލަގަ ޖަލައްލާ މީހުންބަލަން ނުކުޅެދެންޏާ ޖެހޭނީހަމަ ދޫކޮއްލަން

ޖައު

އަނިޔާވެރިކަން ނައްތާލަން އައި އޯގާތެރި ސަރުކާރެކޯ ވެރިކަމަށް އަރާހުރި ހިޔަޅު ވިސްނުމުގެ ނުބައި ނުލަފާ މަކަރުވެރިޔާގެ އަނިޔާވެރިކަން އިންތިހާއަށް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345