މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓްރާންސްޕޯޓް މިނިސްޓްރީތެރޭގައި އިހްތިޖާޖް ކޮށްފި

ގާލްސް ޑްރައިވިން ސުކޫލްގެ އިންސްޓްރަކްޓަރަކު ޓްރެއިނިންގް ދެނީ: ޑްރައިވިން ހިދުމަތްތަކާއި މެދު ހިތްހަމަ ނުޖެހި ބަޔަކު ވަނީ އިހުތިޖާޖްކޮށްފައި -- ފޮޓޯ: އަވަސް
50%
50%
0%

ޑްރައިވިން ލައިސަންސާއި ޓެސްޓް ހެދުމުގެ ހިދުމަތްތަކާމެދު ހިތްހަމަ ނުޖެހިގެން ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ބަޔަކު. މިއަދު އިހްތިޖާޖެއް ކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ހެނދުނު އެ މިނިސްޓްރީ ތެރެއަށް ވަން އާންމުންންގެ ބަޔަކު އިހުތިޖާޖެއް ކުރީ ޑްރައިވިން އާއި ޑްރައިވިން ޓެސްޓް ހެދުން ހުއްޓައިލާ ހިދުމަތްތައް މަޑު ޖައްސާފައިވުމާއި ގުޅިގެން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

މިނިސްޓްރީން ބުނީ ޑްރައިވިން ހިދުމަތް މަޑު ޖައްސާލައިފާ ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ. އަދި މިއަދުގެ އިހުތިޖާޖާއި ގުޅިގެން މިނިސްޓްރީގެ ވެރިން ބައްދަލުވުމެއް ބާއްވައި އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ޑްރައިވިން ޓެސްޓް ހެދުމާއި އެހެނިހެން ހިދުމަތްތައް ފޯރު ކޮށްދޭމެ ގޮތްތަކާއި މެދު ފަހުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މި ހަފުތާ ތެރޭގައި އޮންލައިންކޮށް ޑްރައިވިންނަށް އަލުން ހުޅުވައިލާނެ ކަމަށް ވެސް ޓްރާންސްޕޯޓްގެ އޮފިޝަލު ވިދާޅުވި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރޫރޫ

ގުޑް ބައި ނަހުލާ

މަރީޝާ

ހައްހައްހާ. ސާބަހޭ ރައީސް. ލައިސެންސު ހެއްދޭކަށް ނެތް. އެކަމު ލައިސެންސު ނެތީމަ ޖޫރިމަނާ.

ލިލީމާ މީ

ލޮލް. މިނިސްޓަރު ނަހުުލާގެ ޒަމާން ދަނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345