ޓްރާންސްޕޯޓް އޮތޯރިޓީ

ލައިސެންސް ކާޑު ދޫކުރަން ސެލްފް ކަލެކްޝަން ސްޓޭޝަނެއް

ލައިސެންސް ކާޑްތައް ދޫކުރާސެލްފް ކަލެކްޝަން ސްޓޭޝަންގައި މިނިސްޓަރު ނަހުލާ --
0%
0%
0%

ލައިސަންސް ނަގާ މީހުންނަށް ލައިސަންސް ކާޑް ދޫކުރުމާއި ރަޖިސްޓްރީތައް ދޫކުރުން ސެލްފް ކަލެކްޝަން ސްޓޭޝަނަށް ބަދަލުކޮށް ހިދުމަތް ފަސޭހަކޮށްދީފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތާ ލައިސެންސް ކާޑް ދޫކުރުމާއި ރަޖިސްޓްރީތައް ދޫކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ.

މި ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ އެވެ. ކާޑު ބަލާ ނުވަތަ ރަޖިސްޓަރީއެއް ބަލާ ރަސްމީ ގަޑީގައި އޮތޯރިޓީއަށް ދެން ދާކަށް ނުޖެހޭނެ އެވެ. އެދިފައިވާ ހިދުމަތް ނިމުމުން ކަސްޓަމަރުގެ ފޯނަށް ޕިން ކޯޑެއް ދާނެ އެވެ. ސެލްފް ކަލެކްޝަން ސްޓޭޝަނަށް ގޮސް އެ ކޯޑު ޖެހުމުން އެމީހެއްގެ ލައިސަންސް ކާޑު ނުވަތަ ރަޖިސްޓްރީ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވެ އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމަށް އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ދޭ ހިދުމަތް މެދުކަނޑާލި ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އާ ކޮށްދިނުމުގެ ހިދުމަތް އޮންލައިންކޮށް ކުރިއަށް ދެއެވެ. އަދި އެ އޮތޯރިޓީން ދޭ ގިނަ ހިދުމަތްތައް ވެސް ވަނީ އޮންލައިންކޮށްފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345