މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ހުޅުމާލޭގައި ޑްރައިވިން ލައިސެންސް ނަގަން ހާއްސަ ސަރަހައްދެއް

ހުޅުމާލޭގައި ޑްރައިވިން ލައިސެންސް ތަނެއް ހެދުމަށް ޓްރީންސްޕޯޓް މިނިސްޓްރީއަށް އެޗްޑީސީން ބިމެއް ދީފި --- ފޮޓޯ: އެޗްޑީސީ
0%
0%
0%

ހުޅުމާލޭގައި ޑްރައިވިން ލައިސަންސް ނެގުމަށް ބޭނުންކުރާ ކުރާނެ ސަރަހައްދެއް ގާއިމުކުރަން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެޗްޑީސީން ބިމެއް ދީފި އެވެ

ޑްރައިވިން ލައިސެންސް ނަގަން ދީފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ލޮޓް ނަމްބަރު 10909 އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބިމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާނީ ޖުމްލަ 20,163.58 އަކަފޫޓުގެ ބިމެކެވެ.

ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު ލައިސަންސް ނެގުމަށް ބޭނުންކުރަމުންދާ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށާއި ހުޅުމާލޭގައި ގާއިމުކުރެވިގެންދާނެ ޑްރައިވިން ލައިސެންސްގެ ސަރަހައްދުން މި ހުރިހާ ކަމަކަށްވެސް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެގެ ފުރަތަމަ ފޭސް ގައި ހިންގަމުންދާ ޕޯޓް އާއި ޖެހިގެން އޮންނަ މިބިމުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މިނިސްޓަރު ވަނީ ޑްރައިވިން ލައިސެންސް ނަގަން ދިން ބިން ބައްލަވާލަން ވެސް ވަޑައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345