ކްރޫޒް ލައިނާ

އޯޝޭނިޔާ ކްރޫޝަސްގެ ކްރޫޒްލައިނާއެއް ރާއްޖެއަށް

Mar 1, 2016
  • މި އަހަރު ގިނަ ކްރޫޒްލައިނާތަކެއް އަންނަނާނެ
  • ކްރޫޒްލައިނާތަކުން އާމްދަނީ އިތުރުވޭ

އޯޝޭނިޔާ ކްރޫޝަސްގެ ކްރޫޒްލައިނާ އެއް ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު މާލެއަށް ބަނދަރު ކޮށްފި އެވެ.

މާލެ ބަނދަރުގައި މިހާރު އޮތް ކްރޫޒްލައިނާ އިން ގާތްގަނޑަކަށް 800 އެއްހާ ޓޫރިސްޓުން މާލެ ފައިބާނެ ކަމަށް "އަވަސް" އަށް އެނގިފަައިވެ އެވެ.

ކްރޫޒްލައިނާއެއް މާލެއަށް ބަނދަރު ކުރިއިރު މިދިޔަ މަހު ވެސް ތިން ކްރޫޒްލައިނާއެއް މާލެ އައިސްފައިވެ އެވެ. މި ގޮތުން ރާއްޖެ އައި އެއް ކްރޫޒްލައިނާ އަކުން 5،000 އެއްހާ ޓޫރިސްޓުން މާލެ ފައިބާފައިވެ އެވެ.

ރާއްޖެއަށް ލަގްޒަރީ ޔޮޓްތައް ގެންނަ ޖަމްއިއްޔާ މާޔާގެ އޮފިޝަލަކު ކުރިން "އަވަސް" އަށް ވިދާޅުވި ގޮތުގައި މި އަހަރު ގިނަ ކްރޫޒްޝިންތަކެއް ރާއްޖެ އަަންނާނެ ކަމަށެވެ.

ކްރޫޒްލައިނާތައް ރާއްޖެ އައުމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް އާމްދަނީ ލިބެ އެވެ. އެގޮތުން އެކްސްކާޝަން އާއި ސުވެނި ވިޔަފާރި އަށް ގިނަ ފައިދާ ތަކެއް ކުރެ އެވެ.