އަލިފާން

އަލިފާން ރޯވީ އަވަނެއްގައި ހުޅުހިފައިގެން

ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި މިއަދު އަލިފާން ރޯވާން މެދުވެރިވީ އަވަނެއް މާބޮޑަށް ހޫނުވެ ހުޅުހިފައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އިރުއޮއްސި 6:07 ހާއިރު ހިނގި މިހާދިސާގައި ރޯވި އަލިފާންގަނޑު ސިފައިން ގޮސް ނިއްވާލީ ގާތްގަނޑަކަށް 6:23 ހާއިރު އެވެ.

އަލިފާން ރޯވި ވަގުތު ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި އެއްވެސް މީހަކު ނެތް ކަމަށް އެނގިފައިވެ އެވެ.

މިހާދިސާގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ އުމުރުން ދޮށީ ދެ މީހަކާއި ބިދޭސީ އެކެވެ. މި މީހުންނަށް އޭޑީކޭގައި ފަރުވާ ދިން ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

ބިދޭސީ މީހާއަށް އަނިޔާވީ އަލިފާން ރޯވި ވަގުތު އެތަނުން ނިކުންނަން އުޅުމުގެ ތެރޭގައެވެ. އުމުރުން ދުވަސްވީ ދެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިނީ ދުމުގެ އަސަރުކޮށްގެންނެވެ.