މ. މުލަކު

މުލަކު ބަނދަރާ ދިމާ ހޭޅިފަށުން 20 ފުޅި ބަނގުރާ ހޯދައިފި

މ. މުލަކު ބަނދަރާ ދިމާ ހޭޅިފަށުން 20 ފުޅި ބަނގުރާ ހޯދައިފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިފުޅިތައް ފެނުނީ ފޮށިގަނޑެއްގައި ފޮރުވާފައި ހުއްޓަ އެވެ.

ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު މި ފުޅިތައް ހޯދި ނަމަވެސް މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.