ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާގެ އަސްކަރީ ހިލޭ އެހީ ރާއްޖެއަށް

ޗައިނާ އިން ރާއްޖެއަށް އަސްކަރީ އެހީ ފޯރުކޮށްދިމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިއެއް ކަމަށްވާ މޭޖާ ޖެނެރަލް ޒަންގް ބައޯގުން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.

މިއެއްބަސްވުމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ ޗައިނާ އިން އަސްކަރީ އެހީ ދެނީ ހިލޭ އެހީގެ ގޮތުގައެވެ. އެކަމަކު އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއާއި ދިވެހި ސަރުކާރުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. މިސަރުކާރުގެ ބޮޑެތި ބިޔަ މަޝްރޫއުތައް ވެސް ޗައިނާގެ ކުންފުނިތަކަށް ދެނީ ދެމުންނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަމާނަ ދަތުރުފުޅެއް ފުރަތަމަ ކުރެއްވެވީވެސް ޗައިނާ އަށެވެ.