ފަލަސްތީން

ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލް ހަމަލާދީ މީހަކު މަރާލައިފި

ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި އެކަކު މަރުވެ ދިހަ މީހަކު ޒަހަމްކޮށްލައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގަލަންޑިޔާ ރެފިއުޖީ ކޭމްޕަށް ހަމަލާ ދީފައިވަނީ ބަޑީގެ ބޭނުންކޮށްގެނެވެ. ނަމަވެސް ހަމަލާއަށްފަހު އިޒްރޭލުން ބުނީ އެ ގައުމުގެ މިލިޓަރީ އުޅަނދަކަށް އޮޅުމަކުން ކޭމްޕު ތެރެޔަށް ވަދެވިފައިވާ ކަމަށާއި އަދި އުޅަނދު ތެރޭގައި ސިފައިންގެ ދެ މީހަކު ވެސް ތިބި ކަމަށެވެ.

އިޒްރޭލުގެ އުޅަނދު ކޭމްޕުތެރެޔަށް ވަނުމާއެކީ މައްސަލަ ހޫނުވެ ދެފަރާތުން ވެސް ހަމަލާތަކެއް ދޭން އުޅުނު ކަމަށް އިޒްރޭލުގެ ފުލުހުންގެ ތަރުޖަމާނަކާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރުން ފެށިގެން ހިނގަމުން އަންނަ ކުދި އަދި ކުއްލި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ