ހަބަރު

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް "އަވަސް" ނުވައްދަން ނިންމައިފި

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް "އަވަސް" އާ އެކު އިތުރު ދެ މީޑިއާއެއް ނުވައްދަން ނިންމައިފި އެވެ. ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައިވަނީ މިއަދު އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ، އަވަސް، ހަވީރު އަދި ވީނިއުސް ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ނުވައްދަން ނިންމާފައިވާ ކަމަށެވެ. މަނިކު ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ ކޯޓުން ވަކި އެއްޗެއް އަންގަންދެން ކަމަށެވެ.

އަވަސް، ކްރިމިނަލް ކޯޓަށް ނުވައްދަން ނިންމި ސަބަބެއް މަނިކެއް ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި، ތިން މީޑިއާއެއް ކޯޓުގެ ޝަރީއަތްތަކަށް ނުވައްދަން ނިންމީ، އިއްޔެ ޖަސްޓިސް ބިލްޑިން ބޭރުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ހުންނަވަނިކޮށް އެ ނޫސްތަކުން އެތަނުގައި ބޭރުގައި ތިބި ފޮޓޯ ޖާނަލިސްޓުން ގާޒީގެ ފޮޓޯ ނެގުމުންނެވެ.