ރޯދަ މަސް

ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވަތްތައް ހޮނިހިރު ދުވަހު ބަހަނީ

ރާއްޖެ ގެނެސްފައިވާ ކާޑުގެ ބާވަތްތައް ދޯނިތަކަށް އަރުވަނީ -- ފޮޓޯ: އަވަސް
100%
0%
0%

ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް އަންނަ ހޮނިހިރު ދުވަހު ބަހަން ފެށުމަށް ނިންމައިފި އެވެ.

މި ރޯދަ މަހުން ފެށިގެން ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ސަރުކާރުގެ ހަރަދު ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް ހިފައިން މިދިޔަ އަންގާރަ ދުވަހު ބޯޓު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިތަކެތި މިއަދު ރަށްތަކަށްވެސް ފޮނުވަމުންދާ ކަމަށެވެ.

"އެހެންކަމުން ސަރުކާރުން ދޭ ހަނޑުލާއި ފުށް އަންނަ ހޮނިހިރު ދުވަހު ގިނަ ރަށްތަކެއްގައި ބަހަން ފަށާނެ،"

ސަރުކާރުން ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް ދޫކުރަން ނިންމާފައިވަނީ އައިޑީ ކާޑު ހިފައިގެން ދިއުމުންނެވެ.

ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޗަމްޕާ ބްރަދާސް ކުންފުނިންވެސް ކުރިއަށް އޮތް ރޯދަ މަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ބައެއް ތަކެތި ސަރުކާރާ ހަވާލުކޮށްފަ އެވެ. އެގޮތުން އެ ކުންފުނިން ހަވާލުކޮށްފައިވަނީ 50،000 ކާއްޓާއި، 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345