ރައީސް އޮފީސް

ވަށަފަރު ބަނދަރު ރައީސް ހުޅުވައި ދެއްވައިފި

ހއ. ވަށަފަރު ބަނދަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުޅުވައިދެއްވައިފި އެވެ. ރައީސް އެ ބަނދަރު ހުޅުވައިދެއްވީ މިއަދު މެންދުރުފަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ވަށަފަރު ބަނދަރަކީ 500 މީޓަރު ފުޅާ އަދި 250 މީޓަރު ދިގު ބަނދަރެކެވެ. މަސައްކަތް ފަށާފައިވަނީ، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ. ބަނދަރުގެ މަސައްކަތް ކުރީ އެމްޓީސީސީއިންނެވެ. ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދެވެ.

ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ ވަށަފަރުގައި މީގެ ކުރިން ބަނދަރެއް ހަދާފައިނުވާއިރު މި ބަނދަރު ހެދުމަށް ސަރުކާރުން ވަނީ 47 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ކުރިން ވަށަފަރުގައި އަރާ ފޭބުމަށް ބޭނުންކުރަމުން ދިޔައީ ލަކުޑި ފާލަމެކެވެ.

ރައީސް މިހާރު ވަށަފަރަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ ރަށުގެ ޒުވާނުންގެ މަރުކަޒު ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.