ވިޔަފާރި

އިސްލާމިކް ފައިނޭންސްގެ އާ ހިދުމަތްތަކަކަށް ބީއެމްއެލް ތައްޔާރުވެއްޖެ

Mar 2, 2016
1
  • ލުއިޕްރޯ،ކްލޮޓްރަލް ބެކްޓްގެ ނަމުގައި އާ ލޯނެއް
  • ޝަރިއްޔާ ހުއްދަކުރާ އާ ޕްރޮޑަކްޓެއް
  • އިތުރު ޕްރޮޑަކްޓްތަކެއް ތައާރަފު ކުރާނެ

އިސްލާމިކް ފައިނޭންސްގެ މުޅިން އާ ޕްރޮޑަކްޓްތަކެއް ތައާރަފު ކުރަން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ތައްޔާރުވާން ފަށައިފި އެވެ.

ގައުމީ ބޭންކުން ދެ ލޯނެއްގެ އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ހޯމް ފައިނޭންސްގެއާ ޕްރޮޑަކްޓް ތަކެއް ތައާރަފު ކުރުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ.

"ހައުސިން އަށް ދޫކުރާ އެހެން ލޯނުތަކެކޭ އެއްގޮތަށް އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްތައް ވެސް ދޫކުރަން މިދަނީ މަސައްކަތް ކުރަމުން،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރިއްޔާ ހުއްދަކުރާ މި ޕްރޮޓަކްޓްތައް އަންނަ ހަފުތާގައި އިއުލާނު ކުރެވޭނެ ކަމަށެވެ.

"އިސްލާމިކް ބޭންކިން ޑިވިޝަން ވަރަށް ބޮޑަށް ދަނީ ތަރައްގީ ވަމުން. އަޅުގަނޑުމެން ބޭނުންވޭ ޝަރިއްޔާ ހުއްދަ ކުރާ އިތުރު ޕްރޮޑަކްޓްތައް ތައާރަފު ކުރަން،" އެންޑްރޫ ވިދާޅުވި އެވެ

އިތުރު އާ ލޯނުތަކެއް!

ބޭންކް އޮފް މޯލްޑިވްސް އިން މީގެ އިތުރުންވެސް އިތުރު ދެ ލޯނެއް ދޫކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން "ލުއި ޕްރޮފެޝަނަލް" އާއި "ކްލޮޓްރަލް ބެކްޓް" ގެ ނަމުގައި ލޯނެއް ދޫކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ލޯނުތައް ދޫކުރަނީ އިންޓްރެސްޓް ރޭޓަށް ގެނެވުނު ބަދަލާއެކުގަ އެވެ. އެގޮތުން ލުއި ޕްރޮފެޝަނަލް ލޯނު ދޫކުރަނީ 15 ޕަސެންޓުގެ އިންޓްރެސްޓުގަ އެވެ.