އިލެކްޝަންސް ކޮމިޝަން

އީސީގެ ނައިބް ރައީސް ކަމަށް ނަޝާތު އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް ކަމަށް އަލީ ނަޝާތު އައްޔަންކޮށްފި އެވެ.

ނަޝާތު އީސީގެ ނައިބް ރައީސް ކަމަށް އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދައުރު އިއްޔެ ހަމަވެ އޭނާ އީސީ އިން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

އީސީގެ ނައިބް ރައީސް ކަމަށް ބޭފުޅަކު ކަނޑައަޅާނީ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ޖޫން 25، 2018 ގައެވެ. އީސީގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް އޭނާ އައްޔަންކުރެއްވީ ނޮވެމްބަރު 16، 2023 ގައެވެ.