މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ކަނޑާއި ވައިގެ މަގުން މުދާ ގެންގޮސްދިނުމުގެ ހިދުމަތް އެމްޕީއެލް އިން މާދަމާ ފަށަނީ

ކަނޑާއި ވައިގެ މަގުން މުދާ ގެންގޮސްދިނުމުގެ ހިދުމަތް އެމްޕީއެލް އިން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް" ހިދުމަތް މާދަމާ ފަށާނެ ކަމަށެވެ.

މިހިދުމަތަކީ މުދާ އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް އަދި އަވަހަށް ހިދުމަތް ދިނުމަށް އެމްޕީއެލް އިން ފަށާ ހިދުމަތެކެވެ.

"މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެން ދާނެ،" ބަޔާނުގައިވެ އެވެ.

މިހިދުމަތުގައި ޓެރިފްގެ ގޮތުގައި ނަގާނެ އަދަދުތައްވެސް އެމްޕީއެލް އިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރަކަށް 654 ޑޮލަރު އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 812 ޑޮލަރު ނެގުމަށް ވަނީ ނިންމާފަ އެވެ.