ޑރ. މުހައްމަދު މުއިއްޒު

ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރާނަން: ރައީސް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ވެރިކަމުގެ މިދައުރުގެ ތެރޭގައި ދިވެހި ކޯސްޓްގާޑްގެ ގާބިލްކަން ދެގުނަ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. މާފަރު އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި އިމާރާތްތަކާއި ވަސީލަތްތަކާއި ސާމާނުތައް ވެސް ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ކޯސްޓުގެ ހާލަތު ބެއްލެވިއިރު ހާލަތު ވަރަށް ދަށެވެ. ގެންގުޅެނީ މަދު އުޅަނދުތަކަކަށްވާއިރު ބައެއް އުޅަނދުތައް ހުރީވެސް ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

"އާދައިގެ މެދު ސައިޒުގައި ހުރި ވެސެލްތަކަކީ ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދު ދިހަ ވަރަކަށް ބާރަ ވަރަކަށް އުޅަނދު އޮތް ނަމަވެސް ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ހަލާތުގައި ހުރި. މިއީ ހިތާމަ ހުރި ކަމެއް. އެތައް އަހަރެއް މިދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯސްޓުގާޑުގެ ގާބިލްކަން ދެގުނަ ކުރުމަށްޓަކައި ތުރުކީއާއި އެހެނިހެންވެސް އެކުވެރި ގައުމުތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދިވެހިން އަމިއްލައަށް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910