ލައިފްސްޓައިލް

ޗައިނާގައި ގެވެށި އަނިޔާ ގާނޫނީ ގޮތުން މަނާވެއްޖެ!

ޗައިނާގައި ގާނޫނަށް އިސްލާހު ގެނެސް ގެވެށި އަނިޔާ މަނާކޮށްފިއެވެ.

މި ގާނޫނު ފާސްކުރުމުގެ ސަބަބުން، ގާނޫނު ހަދާ ފަރާތްތަކުން އުންމީދުކުރަނީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކުން، ގެވެށި އަނިިޔާ ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންދަން ހިތްވަރު ލިބޭނެ ކަމުގެ އުންމީދުކުރަމެވެ. ޒަމާނުއްސުރެ ޗައިނާގައި ގަބޫލުކުރަމުން އަންނަނީ ގެވެށި އަނިޔާއަކީ އާއިލާތެރޭގައި ފޮރުވިފައި އޮންނަން ޖެހޭ ކަމެއްގެ ގޮތުގައެވެ.

މި ގާނޫނުގެ ސަބަބުން ގެވެށި އަނިޔާ ކުރާ ފަރާތްތައް ގޮވައިގެން ކޯޓަށް ދިޔުމުގެ ބާރު މީހުންނަށް ލިބިދެޔެވެ. އަދި ފަނޑިޔާރު ކުރިމައްޗަށް ގޮސް، ގެވެށި އަނިޔާ ކުރާ މީހުންނާއި ދެކޮޅަށް ރިސްޓްރެއިނިންގް އޯޑަރެއްގެ އިތުރުން، ތިން ދުވަހުގެ މުއްދަތަކަށް ގެއިން ބޭރުކުރުމުގަ ބާރު ލިބިދެޔެވެ. އަދި ތިން ދުވަހުގެ މުއްދަތުގައި ފަނޑިޔާރު މައްސަލަޔަށް ހުކުމް ކޮށް، ގެވެށި އަނިޔާގެ ފިއްތުމުން ނިޒާމުގެ ތެރެއިން މައްސަލަޔަށް ހައްލެއް ހޯދައިދިނުމުގެ ފުރުސަތު ދެޔެވެ.

ގާނޫނުގެ ތެރެއިން މިފަދަ ބައިވަރު ކަންތައް މަގުފަހި ކޮށްދިންނަމަވެސް، މި ގާނޫނަށް ވަނީ ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. އެއީ މެރިޓަލް ރޭޕް މަނާ ނުކުރުމުގެ ސަބަބުންނާއި، ސިއްހީ ކަންކަމަށް އިސްކަން ނުދީފައިވާތީއެވެ.

ޗައިނާއިން ތައާރަފްކޮށްފައިވާ މި އާ ގާނޫނުގައި، ފުލުހުންގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލަ އެއް ރިޕޯޓުކުރުމުން، އެކަން ވަގުތުން ހުއްޓުވުން މަޖުބޫރުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތައް ވަގުތުން ސިއްހީ ފަރުވާ ބޭނުންވާނަމަ އެކަން މަގުފަހި ކޮށްދިނުން ވެސް މަޖުބޫރު ކުރެޔެވެ.

ޗައިނާގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ވަކީލުންނަށް ވަނީ މި ގާނޫނުގެ ސަބަބުން ހިތަށް ވަރަށް ބޮޑު ފިނި ކަމެއް ލިބިފައެވެ. އަދި އުންމީދަކީ މިކަމުގެ ސަބަބުން ހިތް އެދޭ ކަހަލަ ނަތީޖާއެއް ފެނުން ކަމަށް ވަނީ ބުނެފައެވެ.