ހަބަރު

ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާ ރިލޭގެ މައްޗަށް

ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާ ނިއު ރޭޑިއަންޓްގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ)ގެ މައްޗަށް އުފުލައިފި އެވެ.

މި މައްސަލާގެ ފުރަތަމަ އަޑު އެހުން މިއަދު ބާއްވާފައިވާއިރު، 2014 ވަނަ އަހަރު ލޯބިވެރިޔާއަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ރިލޭ ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ދައުވާ އުފުލާފައިވަނީ ސީދާ އެ މައްސަލައާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

ބަދުއަހްލާގީ މައްސަލަތަކުގެ ޝަރީއަތަކީ ސިއްރު ކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމުން މައްސަލާގެ ތަފުސީލެއް ލިބިފައެއް ނުވެ އެވެ.

ރިލޭގެ މައްޗަށް ޖިނާއީ ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު، ފުޓްބޯޅަ ތެރޭގައި ހިނގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެން އޭނާއާ މެދު ކްލަބުތަކުން ފިޔަވަޅު ވެސް އަޅާފައިވެ އެވެ. އަދި އެފްއޭއެމް އިން ވެސް ރިލޭ ސަސްޕެންޑްކޮށްފައިވެ އެވެ.