ވިޔަފާރި

އެސްޓީއޯ މަކިޓާ ހެއްޔާ، ފިލިޕްސް ސްޓީމް އަޔަން ޕްރޮމޯޝަން ފަށައިފި

Mar 2, 2016

އެސްޓީއޯ މަކިޓާ ހެއްޔާ އާއި ފިލިޕްސް ސްޓީމް އަޔަން ގިވްއަވޭގެ ނަމުގައި ދެ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

އެސްޓީއޯގެ ފިހާރަތަކުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ފިލިޕްސް ސްޓީމް އިސްތިރި އަދި މަކީޓާ ޕަވާ ޓޫލްސްތަކަށް ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮޝަންގައި ފިލިޕްސް ސްޓީމް އިސްތިރި ގަންނަ ފަރާތްތަކަށް ކޫޕަނެއް ލިބެ އެވެ. މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ނަސީބުވެރިއެއް ހޮވައި އެ ފަރާތަކަށް އިސްތިރިއެއް ލިބެ އެވެ.

ފިލިޕްސް ބްރޭންޑުގެ މި ޕްރޮމޯޝަންގައި ފިލިޕްސް ބްރޭންޑުގެ މުދަލުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. މީގެ އިތުރުން އެސްޓީއޯއިން އިއްޔެ ފެށި މަކީޓާ ބްރޭންޑުގެ އުފެއްދުންތަކުގެ ޕްރޮމޯޝަންގައި 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

އެސްޓީއޯއިން ދަނީ އެ ކުންފުނިން ވިއްކާ މުހިންމު ބްރޭންޑުތަކުގެ ޕްރޮމޯޝަން ބާއްވަމުންނެވެ.