ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން 2024 ވަނަ އަހަރަށް ނެރެފައިވާ ޑިޖިޓަލް ކަލަންޑަރު ސޮފްޓްވެއާ އަޕްޑޭޓަކާއެކު މި އަހަރުވެސް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ ވިޔަފާރީގަޔާއި ކުންފުނީގެ އާންމު ހިންގުމުގައި ގެންގުޅޭ ސަސްޓެއިނަބިލިޓީ، އިނޮވޭޝަން އަދި ޑިޖިޓަލް ޓްރާންސްފޯމަޝަން ވިސްނުމުގެ ދަށުން 2024 ވަނަ އަހަރު ތައާރަފްކުރެވުނު "އެސްޓީއޯ ޑިޖިޓަލް ކަލަންޑަރު" ވެގެން ދިޔައީ އެޅުނު ބިންގަލަކަށް ކަމަށެވެ.
މިއީ އޮފީސް މޭޒުތަކާއި ގޭތެރޭގައި ބެހެއްޓުމަށްވެސް މަގުބޫލުވެގެން ދިޔަ ކަލަންޑަރެކެވެ.
މި ބިންގަލާއެކު އެސްޓީއޯއިން ކުރީ އަހަރުތަކާ ހިލާފަށް 2025 ވަނަ އަހަރަށް ވަނީ މި ކަލަންޑަރު ސޮޕްޓްވެއާ އަޕްޑޭޓާއެކު "ރިޔޫސް" ކުރަން ނިންމާފަ އެވެ.
މި ނިންމުމަކީ އެސްޓީއޯ ހިންގުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުންތަކާއި އުސޫލުތަކާއެކު، އެސްޓީއޯގެ ޕޭޕަލެސް ޕޮލިސީގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުދިނުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި 2025 ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު މިފަހަރުވެސް އެސްޓީއޯ ޑިޖިޓަލް ކަލަންޑަރު ވެގެންދާނީ އިތުރު ފަސޭހަތަކެއް ލިއްބައިދޭ, މަގުބޫލު ވަސީލަތަކަށް ކަމުގައި ކުންފުނިން ޔަގީންކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
ރީޔޫސް، އަޕްޑޭޓް، ޓްރާންސްފޯމް
- އެސްޓީއޯއިން ކަރުދާހަށް ކުރާ ހޭދަ ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނީގެ ހިންގުމުގައި ކަރުދާސް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްކުރެވިފައި،
- ޕްރިންޓްކުރެވޭ ކަލަންޑަރުތައް އުފެއްދުމާއި އުފުލުމުގައި ކާބަން ބޭރުވާ މިންވަރު ހީވެސް ނުކުރާހާ މަތި. މީގެ ކުރިން އެސްޓީއޯއިން އައީ އަހަރެއްގެ މައްޗަށް އާންމުކޮށް އަށެއްކަހާސް ކަލަންޑަރު ޕްރިންޓު ކުރަމުން. ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން އަލުން ޕްރިންޓްކުރަން ނުޖެހި، ކުނި އުފެދުމާއި ތިމާވެއްޓަށް ދެވޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވޭ،
- ތިމާވެއްޓަށް ލިބޭ ބައެއް ފައިދާތައް: ގަސްތައް ސަލާމަތްވުން، ކުނިގޮނޑުތަކަށް އުކާލެވޭ ކުނި މަދުވުން، އަދި ކާބަން ފުޓްޕްރިންޓް ކުޑަވުން. ކޮންމެ އަހަރަކު ކަލަންޑަރު ޕްރިންޓްކުރުމަށް ގިނަ އަދަދެއްގެ ކަރުދާހާއި ދެލި ބޭނުން ކުރުމުގެ ސަބަބުން ގަސްކެނޑުމާއި ތިމާވެށި ތަޣައްޔަރުވުމަށް މަގުފަހިވޭ،
- ކޮންމެ އަހަރަކު އާ ކަލަންޑަރެއް ތައާރަފްކުރުމަށް އެތަކެއް ވަގުތާއި ވަސީލަތެއް ހޭދަވޭ. ރިޔޫސް ކުރެވޭ ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން މިލިއަނުން ސަލާމަތްކުރެވި، އެހެނިހެން ކަންކަމަށް މިވަސީލަތްތައް ރިލޮކޭޓްކުރެވޭ،
އެސްޓީއޯ އިން ބުނި ގޮތުގައި މި އިސްނެގުމުގެ މައިގަނޑު އެއް ބޭނުމަކީ އިސްރާފު މަދުކުރުމުގެ އިތުރުން ދެމި އޮންނަ އަގު އުފެއްދުމަށް ކުންފުނިންކުރާ މަސައްކަތެވެ.
އަޕްޑޭޓް ކުރެވިފައިވާ ޑިޖިޓަލް ކަލަންޑަރުގައި ހިމެނޭނީ
- 2025 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކާއި އެސްޓީއޯއަށް ހާއްސަ އިވެންޓްތަކުގެ މުހިންމު ތާރީހުތަކާއި ހަރަކާތްތަކުގެ މައުލޫމާތު،
- އާ ތީމްތަކާއި ވިޝުއަލްސްގެ އިތުރުން ކަސްޓަމް ރިމައިންޑާސް އަދި އެސްޓީއޯގެ ބައެއް ބްރޭންޑްތަކުގެ މައުލޫމާތު،
- 2025 ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓްކުރަން ފަސޭހަވާނެ. މިކަމުގެ މައުލޫމާތާ އެސްޓީއޯ ވެބްސައިޓާ ސޯޝަލްމީޑިއާ ހިއްސާކުރާނެ،
- އާ ސޮފްޓްވެއާގައި އިނޮވޭޝަނާ ޔޫޒާ އެކްސްޕީރިއަންސަށް އަހައްމިއްޔަތުކަން ދެވިފައިވާނެ،
- ފަސޭހައިން ސޮފްޓްވެއާ އަޕްޑޭޓް ކުރެވުމުގެ އިތުރުން، ޑިޖިޓަލް ޓޫލްތަކާ ގުޅުވުމާ, ބޭނުންހިފޭ އިތުރު ކަންކަން ހިމެނިގެންދާނެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި އިސްނެގުމަަަކީ ކޯޕަރޭޓް ޑިޖިޓަލައިޒޭޝަންގައި އެސްޓީއޯގެ ލީޑަޝިޕުން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ.
އެސްޓީއޯގެ ފުޅާ ސަަސްޓެއިނަބިލިޓީ އެޖެންޑާގެ ދަށުން ކުރިއަށް ގެންދާ މި އިސްނެގުމަކީ މާނަހުރި އަސަރެއް އުފެއްދުމުގައި ދެމެހެއްޓެނިވި ސިޔާސަތުތަކާ އިނޮވޭޝަންގެ މުހިއްމުކަން ގަބޫލުކުރާ މިންވަރު ދައްކުވައިދޭ އަމަލެއް ކަމަށްވެސް އެސްޓީއޯ އިން ބުނެފައިވެ އެވެ.
މިއީ ކޮންމެ އަހަރަކު އާ ކަލަންޑަރެއް އުފެއްދުމަށް ބޮޑެތި ވަސީލަތްތައް ހޭދަކުރުމުގެ ބަދަލުގައި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ އޯލްޓަނޭޓިވްތައް އިހްތިޔާރުކުރުމަށް އެހެން ފަރާތްތަކަށްވެސް ހިތްވަރުދީ ގޮވާލާ ގޮވާލުމެއް ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.
އެސްޓީއޯ އިން ވަނީ ތިމާވެއްޓާއި ކޯޕަރޭޓް ސަގާފަތަށް ބޮޑު އަސަރެއް ކުރާނެ ކުދިކުދި ބަދަލުތައް ގެނައުމުގައި އެ ކުންފުންޏާއި ގުޅިވަޑައިގަތުމަށް އެދިފަ އެވެ.