މުހައްމަދު ސައީދު

ވިޓޯލް ބަންކާސްގެ މެޕްގައި ރާއްޖެ ހިމަނައިފި

ދުނިޔޭގެ މަގުބޫލު ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭ ވިޓޯލް ބަންކާސްގެ މެޕްގައި ރާއްޖެ ހިމަނައިފި އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

މީގެ އިތުރުން ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔާ އަދި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

ވިޓޯލް ބަންކާސްގެ މެޕްގައި ރާއްޖެ ހިމަނާފައިވާއިރު މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާދެމެދު މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިން ސޮއި ކުރެވޭ ޓާމް ޝީޓްއެ އެކެވެ.

މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާޖަށް ސަޕްލައި ކުރުމާއި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިންލްއަގުވާމީ ބަންކަރިން ހަބްއެއްގެ ގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ.