ހަބަރު

ރަން ފިހާރައެއް ފަޅާލައި ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަގަށް ނަގައިފި

މާލޭގެ ނިކަގަސްމަގު ގައި ހުރި "ފިލިވޮށި" ނަމަކަށް ކިޔާ ރަން ފިހާރަކައަށް ރޭ ބަޔަކު ވަގަށް ވަދެ ފަސް ލައްކައާ ގާތް އަދަދަކަށް އަގުކުރާ ގިނަ އަދަދެއްގެ ރަނާ ރިއްސާއި ގަހަނާ އާއި ފައިސާ ވަގަށް ނަގައިފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ ނިކަގަސްމަގުގައި ހުރި ރަން ފިހާރައެއް ފަޅާލައި، އެފިހާރައިގަ ހުރި ހުރިހާ ގަހަނާ އެއް ވަގަށް ނެގިކަމުގެ ރިޕޯޓެއް ރޭ ފަތިހު 4:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ރަނާއި ރިއްސާ އެހެންވެސް ގަހަނާ ކަމާ ނުގުޅޭހެން ހީވާ މީހަކު ވިއްކަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ރަންރިހީގެ މަސައްކަތް ކުރާ އާއިލާއަކުން ހިންގާ އެ ފިހާރައިގެ އިސް ފަރާތަކުން ބުނީ، ފިހާރައިން ވައްކަން ކޮށްފައިވަނީ ތަޅު ހަލާކުކޮށްލައިގެން އެރެރެއަށް ވަދެ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ރަން ކެވެއްޔާއި، ފަށާއި ރިހީގެ ސާމާނާއި އެހެނިހެންވެސް އަގުހުރި ގަހަނާ ހިމެނެ އެވެ. އަދި ކައުންޓަރު ޑްރޯވާގައި ހުރި 4000 އެއްގައި ރުފިޔާވެސް ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.