ދުނިޔެ

ސިޑްނީ ފިހާރައެއްގައި ވަޅިން ހަމަލާދީ ފަސް މަރު

އޮސްޓްރޭލިއާގެ ޝޮޕިން މޯލެއް ތެރޭގައި ކާކުކަން ނޭނގޭ މީހަކު ވަޅި ދިން ހަމަލާތަކެއްގައި ފަސް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މީހުން ފުރި ތޮއްޖެހިފައި އޮތް ވިޔަފާރި މާކެޓެއްގައި ތެރޭގައި ވަޅިއެއް ހިފައިގެން ޖެހުނުހާ މީހެއްގެ ގަޔަށް ވަޅިހަރަނިކޮށް ފުލުހުން ވަދެ އޭނާގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފަ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުން ވަޅިން ހަމަލާދިނުމުގައި އިތުރު ބަޔަކު އުޅޭ ތަނެއް ނުފެނެ އެވެ.

އޭނާ ވަޅިހަރަމުން ދުވަމުން ދިޔައިރު ހީވަނީ ވީޑިއޯ ގޭމް މަންޒަރެއް ކަމަށްވެސް ބައެއް މީހުން ބުންޏެވެ.

ޝޮޕިން ކޮމްޕްލެކްސްގެ އެކި ބައިތަކަށް ދުވެގޮސް ވަދެ އަންހެނުންނާއި ކުޑަކުދިންގެ ގަޔަށް އޭނާ ވަނީ ވަޅިހަރާފަ އެވެ.

ފުލުހުންނާ ހަވާލާދީ ހުރި ބައެއް ހަބަރުތައް ބުނާ ގޮތުން އެއީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ. އަދި ވަޅިން ހަމަލާދީ މީހުން މެރުމަށް އޭނާ ޝައުގުވެރިކަން އައީ ކޮންފަދަ ހާލަތެއް މެދުވެރިވެގެންކަން ނޭނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ހުރި ވީޑިއޯތަކުން ފެންނަ ގޮތުގައި ހޭނެތިގެން ވެއްޓިފައި ތިބި މީހުންނަށް ފުލުހުން ފަރުވާދޭތަން ފެނެ އެވެ. އަދި ބައެއް މީހުން ނޭވާލެއްވުމަށް ފުލުހުން ހަރަކާތްތެރިވާ ތަންވެސް ފެނެ އެވެ.