ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައިވަނީ އާދިއްތަ ދުވަހު ބާއްވާ އިންތިހާބުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ބޭއްވުމަށެވެ.

އީސީގެ މެންބަރުން ބޭއްވި ބައްދަލުވުމަށްފަހު މިހާރު ވަނީ ވޯޓު ނެގުން ކުރިއަށްދާ ވަގުތު ހެނދުނު 8:00 އިން ހަވީރު 5:30 އަށް އިތުރުކޮށްފަ އެވެ.

އޭގެ ފަހުން ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.