ހަސަން ޝިޔާމް

ވީބީ ހަސަންގެ ތާއީދު ޖަލީލަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އިބްރާހީމް އަލީ ޖަލީލް (އިބޫޖަލީލް) އަށް ތާއީދުކުރުމަށް ހަސަން ޝިޔާމް (ވީބީ ހަސަން) ނިންމަވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ހަސަން ޝިޔާމް މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ.

ނަމަވެސް ހަސަން ޝިޔާމް އަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ހުކުމްކުރީ މިދިޔަ މާޗް މަހު އެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އަލީ ޖަލީލަށް ތާއީދުކުރައްވާ ހަސަން ޝިޔާމް ވަނީ ޕޯސްޓެއްވެސް ކުރައްވާފަ އެވެ.

މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް މިހާރު ވާދަކުރައްވަނީ ހަތަރު ކެންޑިޑޭޓުންނެވެ.