ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް 2024: ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ގިނަ މަރުކަޒުތަކުގައި ފަށައިފި އެވެ.

ގިނަ މަރުކަޒުތަކުގައި މިއަދު ހެނދުނު 8:00 ގައި ވަނީ ވޯޓުލުން ފަށާފަ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 އާ ހަމައަށެވެ.

ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށްދާނެ އެވެ.

ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްދާނެ ގަޑި (އެގައުމުގެ ގަޑިން)

  • އިންޑިއާ (ޓްރިވެންޑްރަމް) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • ސްރީލަންކާ (ކޮލަމްބޯ) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • މެލޭޝިއާ (ކުއަލަލަމްޕޫރު): ހެނދުނު 11:00 އިން ރޭގަނޑު

މި އިންތިހާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އީސީއިން ވަނީ ބުނެފަ އެވެ.