އިލެކްޝަންސް ކޮމިޝަން

ހުރިހާ މަރުކަޒެއްގައި ވޯޓުލާން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓުލާން ފަށައިފި އެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިފައިވާ ކަމަށެވެ.

އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:30 ގަ އެވެ. ވޯޓުލުން މިއަދު ހަވީރު 5:30 އާ ހަމައަށް ކުރިއަށްދާނެ އެވެ.

ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްދާނެ ގަޑި (އެގައުމުގެ ގަޑިން)

  • އިންޑިއާ (ޓްރިވެންޑްރަމް) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • ސްރީލަންކާ (ކޮލަމްބޯ) : ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް
  • މެލޭޝިއާ (ކުއަލަލަމްޕޫރު): ހެނދުނު 11:00 އިން ރޭގަނޑު

މި އިންތިހާބުގައި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. މި އިންތިހާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ.