ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ސަލީމުގެ ދެބައިފައިން ގޮނޑި ކާމިޔާބުކުރައްވައިފި

އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި އޭނާގެ ދަރިފުޅު އިބްރާހީމް ނައުފަލް
0%
0%
0%

އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި އޭނާގެ ދަރިކަލުން އިބްރާހިމް ނައުފަލް މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި ނައުފަލް ވާދަކުރެއްވީ މުލަކު ދާއިރާ އަށެވެ.

ސަލީމާއި ނައުފަލްވެސް އިންތިހާބުގައި ވާދަކުރެއްވީ ވެރިކަން ކުރާ ޕީއެންސީ ޓިކެޓް ގައެވެ.

މިއީ ނައުފަލް މަޖިލީހަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ޖެހިޖެހިގެން ސަލީމު މަޖިލީހަށް އިންތިހާބުވި ހަތަރުވަނަ ދައުރެވެ.

ސަލީމަކީ މިވަގުތު ޕީޕީއެމް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރެވެ. އަދި އެ ގުރޫޕްގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މަޖިލިސް މެންބަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345