ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ޖާބިރާއި ދަރިކަލުންނަށްވެސް ނާކާމިޔާބު

އަބްދުﷲ ޖާބިރު (ވ)ގައި އަދި އޭނާގެ ދަރިކަލުން އަހްމަދު މުއާޒް އަބްދުﷲ ޖާބިރު
50%
25%
25%

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މަހިބަދޫ ދާއިރާ އަށް ވާދަކުރެއްވި ޖާބިރުގެ ދަރިފުޅު އަހްމަދު މުއާޒް އަބްދުﷲ ޖާބިރަށްވެސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ފަސް ކެންޑިޑޭޓަށް ވާދަކުރެއްވިއިރު 355 ވޯޓާ އެކު ޖާބިރަށް ލިބިވަޑައިގަތީ ތިންވަނަ އެވެ. ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ މުންތަޒިމް އިބްރާހީމް އެވެ. އޭނާއަށް 1217 ވޯޓު ލިބިވަޑައިގެންނެވި އެވެ. ކާށިދޫ ދާއިރާ އިން ދެވަނަ ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ނަސީރު މުހައްމަދަށެވެ.

ޖާބިރު ދަރިފުޅު މުއާޒު ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި މަހިބަދޫ ދާއިރާ އަށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ފާއިތުވި 10 އަހަރުވެސް މެންބަރުގެ ގޮތުގައި ހުންނެވި ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު ތޯރިގު (ޓޮމް) އެވެ. އޭނާއަށް 1214 ވޯޓު ލިބިވަޑައިގަތެވެ. މުއާޒަށް ލިބިވަޑައިގަތީ 898 ވޯޓެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް 71 ގޮނޑި ލިބިފައިވެ އެވެ. އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި އިރު ލިބުނު އިރު އެމްޑީއޭ އަށް ދެ ގޮނޑި ލިބުނެވެ. އެމްއެންޕީއާއި ޖޭޕީއަށް އެއް ގޮނޑި ލިބުނުއިރު ބާކީ ހުރި ގޮނޑިތައް ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910