އަބްދުﷲ ޖާބިރު

ޖާބިރު އެމްޑީޕީން ވަކިކޮށް ޓިކެޓް އަތުލައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިކޮށްފި އެވެ.

އެމްޑީޕީން ޖާބިރު ވަކިކޮށްފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީން އެމްޑީޕީގެ ޓިކެޓްވެސް ޖާބިރަށް ކަށަވަރުވެފައި ވަނިކޮށެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖާބިރު އެ ޕާޓީން ވަކިކުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށްވެ ހުރެ މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށެވެ.

"މިކަމަކީ މި ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައިވާތީ މިޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މިޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމާފަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖާބިރު، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް އެދިވަޑައިގެންނެވި ނަމަވެސް އެ ފުރުސަތު ދެން ލިބޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަަމަށެވެ. އަދި އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު ދިން ކަމުގައިވީ ނަމަވެސް ޖާބިރު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ދުވަހުން ފެށިގެން ކުރިއަށް ހިނގާ ފަސް އަހަރުގެ މުއްދަތުގައި ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތުވެސް ނުދިނުމަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345